Advertisement

ފަތުރުވެރިންތަކަކަށް ލަނޑުދީގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައިފި

20 ފެބުރުވަރީ 2022 - 13:36 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދަނގެތީގެ އަތިރިމަތި: ފަތުރުވެރިންތަކެއްގެ އަތުން ލަނޑުދީގެން އަތުލީ 1050 ޑޮލަރު -- ފޮޓޯ: އަގޯޑާ


ފަތުރުވެރިންތަކަކަށް ލަނޑުދީގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައިފި

20 ފެބުރުވަރީ 2022 - 13:36 0

އދ. ދަނގެއްޗަށް އައި ފަތުރުވެރިންތަކަކަށް ލަނޑެއްދީގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި އޭގެ ވެރި ފަރާތަށް އިއްޔެ ރައްދުކޮށްދީފި އެވެ.

ފުލުހުން ބުނީ ހޯދީ ސަފާރީއަށް ގެންގޮސްދޭނެ ކަމަށް ބުނެ ފަތުރުވެރިންތަކެއްގެ އަތުން މީހަކު ނެގި 1050 ޑޮލަރު ކަމަށެވެ. ފައިސާ ހޯދީ އެމީހާގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި އޮއްވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަތުރުވެރިންނަށް އޮޅުވާލި މައްސަލައިގައި ހިމެނޭ ފައިސާ ހޯދީ ދަނގެތީ ފުލުހުުންނާއި ކ. ގުޅީ ޕޮލިސް ޑެސްކުން ކުރި ތަހުގީގުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފަތުރުވެރިންނަށް އޮޅުވާލި މައްސަލައިގައި ހިމެނެ ފައިސާ ހޯދި ނަމަވެސް މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީހަކު ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލަ އަދިވެސް ދަނގެތީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ ދަނގެއްޗަކީ ފަތުރުވެރިންނަށް މަގުބޫލު މަންޒިލެކެވެ. ދަނގެތި ކައިރި ވަރަށް ރީތި ފަރުތަކާއި ކަނޑުގެ ދިރުން ހުންނާތީ، ފުޅި އަޅައިގެން ފީނުމަށް ޝައުގުވެރިވާ ފަތުރުވެރިންނަށް ދަނގެއްޗަކީ ހާއްސަ މަންޒިލެކެވެ.