Advertisement

ކުށްތަކަށް އަރައިގަންނަން ބޭނުންކުރި އިތުރު ޓެލެގްރާމް ޗެނަލެއް ހުއްޓުވައިފި

1 މޭ 2024 - 13:15 0

ނިމާ ހަސަން

ނިމާ ހަސަން

ޝަހީދު ހުސެއިން އާދަމް ބިލްޑިން; މިއަަހަރު ތެރޭގައި އިތުރު ޓެލެގްރާމް ޗެނަލްތަކެއް ވެސް ހުއްޓުވާފައިވޭ -- ފޮޓޯ: އަދަދު


ކުށްތަކަށް އަރައިގަންނަން ބޭނުންކުރި އިތުރު ޓެލެގްރާމް ޗެނަލެއް ހުއްޓުވައިފި

1 މޭ 2024 - 13:15 0

ކުށްތަކަށް އަރައިގަންނަން ހިތްވަރު ލިބޭ ގޮތަށް ބޭނުންކުރި އިތުރު ޓެލެގްރާމް ޗެނަލްއެއް ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުން ދަނިކޮށް ހުއްޓުވީ "އެމްވީ ކޯލް ގާލްސް" ކިޔާ ޓެލެގްރާމް ޗެނަލްއެއް ކަމަށެވެ. ފުލުހުންގެ ސައިބާ ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެ ޗެނަލް ސީޒްކޮށްފަ އެވެ.

އެ ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު, މެންބަރުންގެ ގޮތުގައި 1500 އަށްވުރެ ގިނަ މީހުން ތިއްބެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"އެމްވީ ކޯލް ގާލްސް" ހުއްޓުވި އިރު, މިދިޔަ މާޗު މަސް ތެރޭގައި ފުލުހުން ވަނީ "ޖަޒީރާ" ގެ ނަމުގައި ހިންގަމުން ދިޔަ ގިނަ ޓެލެގްރާމް ޗެނަލްތަކެއް ވެސް ހުއްޓުވާފަ އެވެ. އެ ޗެނަލްތަކުގެ ތެރޭގައި "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީޒް"، "ޖަޒީރާ ސްކޭމް އެލާޓް"، "ޖަޒީރާ ލިންކް ހަބަރު" އަދި "ޖަޒީރާ އެޑްމިން" ހިމެނެ އެވެ.

އެ ޗެނަލްތަކުގެ މައްސަލާގައި ފުލުހުން ވަނީ, ޗެނަލް ހިންގި ދެމަފިރިންނާއި, ޗެނަލްތަކާ ގުޅުންހުރި ޓެކްސީ ޑްރައިވަރަކު ވެސް ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެމަފިރިންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބެހުމުގެ ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަޒީރާ ގްރޫޕު ގެނައިއިރު، އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6529 މެންބަރުން ތިއްބެވެ.