Advertisement

ޑްރަގް ވިއްކުން ހުއްޓުވި ފުލުހަކަށް އިންޒާރުދީ، ސައިކަލުގައި ރޯކޮށްލައިފި

18 ފެބުރުވަރީ 2022 - 13:27 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައި ވަނިކޮށް -- ފޮޓޯ: އެމްވީ ކްރައިސިސް


ޑްރަގް ވިއްކުން ހުއްޓުވި ފުލުހަކަށް އިންޒާރުދީ، ސައިކަލުގައި ރޯކޮށްލައިފި

18 ފެބުރުވަރީ 2022 - 13:27 0

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެ އޮފިސަރަށް އިންޒާރުދީ، އޭނާގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލައިފި އެވެ.

މީސްމީޑިޔާގައި މިހާރު ދައުރުވަމުން އަންނަ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ފުލުސް މީހާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ޕާކްކޮށްފައި ހުއްޓަ އެވެ.

އެ ގޭ ތެރެއަށް މީހަކު ވަދެ ސައިކަލަށް ޕެޓްރޯލް ހަމެއް އޮއްސާލާފައި ދިއުމުން، ރޯކޮށްލަނީ އެހެން މީހެކެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޯފައެއް ނުވެ އެވެ.

ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާއިރު، އެފަދަ ހާދިސާތައް މީގެ ކުރިންވެސް ރަށްރަށުގައި ހިނގާފައި އެބަހުއްޓެވެ.

މި މައްސަލާގައި މުދަލަށް ގެއްލުންދިނުމުގެ ދައުވާއާ، ހުއްދަ ނެތި އެެގެއަށް ވަދުމުގެ ދައުވާވެސް ކުރެވޭނެ އެވެ. ސާބިތު ކުރެވިއްޖެ ނަމަ، 3-5 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ އެވެ.

މީސްމީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯ: