Advertisement

ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ގްރީލިޝް އަށް ނުކުޅެވޭނެ

15 ފެބުރުވަރީ 2022 - 16:29 0


ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ގްރީލިޝް އަށް ނުކުޅެވޭނެ

15 ފެބުރުވަރީ 2022 - 16:29 0

ލިސްބަން (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި މިރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ނުކުންނައިރު، ސިޓީގެ މިޑްފީލްޑަރު ޖެކް ގްރީލިޝް އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ނޯވިޗް ސިޓީ އަތުން 4-0 އިން ސިޓީ މޮޅުވި މެޗުގައި ވެސް ސިޓީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ގްރީލިޝް ނުކުޅެ އެވެ.

އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގްރީލިޝަށް ކުރިމަތިވެފައިވަނީ "ސީރިއަސް އަނިޔާއެއް ނޫން" ކަމަށެވެ.

"މިހާރު ގްރީލިޝް ރަނގަޅު އެކަމަކު މާދަމާ (މިރޭ)ގެ މެޗުގައި އޭނާ ނުފެންނާނެ. އަދި ކޯލް ޕާލްމާ އަދި ގެބްރިއަލް ޖީސަސް ވެސް މާދަމާ (މިރޭ)ގެ މެޗުގައި ނުފެންނާނެ،" ގާޑިއޯލާ ބުންޏެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެނިކޮށް މިދިޔަ މަހު ލިބުނު އަނިޔާއަކާ ގުޅިގެން ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ޖީސޫސް ހުރީ ކުޅުމާ ދުރުގަ އެވެ. އަދި 19 އަހަރުގެ ކޯލް ޕާލްމާ ވެސް ހުރީ އަނިޔާގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ސިޓީ ވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. އެކަމަކު، ޗެލްސީ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.

ގާޑިއޯލާ ބުނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ހޯދި ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެއީ އަބަދުވެސް އެންމެ އުނދަގޫ މުބާރާތެއްގެ ގޮތުގައި އޮންނަނީ ޗެމްޕިއަންސް ލީގު ކަމަށްވާތީ ކަމަށެވެ.

"މި މުބާރާތުގެ ގަދަ 16 ގައި އޮތުމަކީ ވެސް ލިބޭ ހިތްހަމަޖެހުމެއް. ޗެމްޕިއަންސް ލީގަކީ މުހިންމު މުބާރާތެއް އެކަމަކު ޕްރިމިއާ ލީގުގެ ކޮންމެ މެޗަކީ ވެސް ސިޓީ އަށް މުހިންމު މެޗެއް،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ސްޕޯޓިން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.