Advertisement

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ސ. ފޭދޫގައި ހުޅުވައިފި

12 ފެބުރުވަރީ 2022 - 11:08 0

ފޭދޫގައި އެޅި މާމަ، ކާފަ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޕާކު ހެދީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް


އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ސ. ފޭދޫގައި ހުޅުވައިފި

12 ފެބުރުވަރީ 2022 - 11:08 0

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ސ. ފޭދޫގައި ހަދައިފި އެވެ.

ބޭންކުން ބުނީ ފޭދޫގައި އެޅި "މާމަ، ކާފަ ޕާކް" ފަރުމާކޮށްފައިވާނީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުވާނޭ ގޮތަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ކަސްރަތު ކުރުމުގެ އިންތިޒާމް ޕާކުގައި ހުންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

އޭގެ އިތުރުން، އުމުރުން ދުވަސްވެފައިވާ މީހުން އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިކުރުން އިތުރު ކުރުމަށް ވެސް ޕާކު ފަރުމާ ކުރިއިރު ވިސްނާފައި ހުންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

ފޭދޫގައި އެޅި އުމުރުން ދުވަސްވީ މީހުންގެ ޕާކަކީ، ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހެދި އެފަދަ ފުރަތަމަ ޕާކެވެ. އެ ފަންޑުގެ ދަށުން ޕާކާއި ކުނި އެއްކުރާ ސަރަހައްދުތަކާއި މަސް ކަނޑާ ތަންތަން ހަދާފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް މީގެ ކުރިން ތަނެއް ހަދާފައެއް ނުވެ އެވެ.