Advertisement

ދިވެހިން ތިބޭ ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގައި ކުޑަކުއްޖަކު މަރުވެއްޖެ

11 ފެބުރުވަރީ 2022 - 19:16 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އަލް-ހޯލް ރެފިއުޖީ ކޭމްޕު: އެ ތަނުގައި 50،000 މީހުން ދިރިއުޅޭ -- ފޮޓޯ؛ ރޮއިޓާސް


ދިވެހިން ތިބޭ ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގައި ކުޑަކުއްޖަކު މަރުވެއްޖެ

11 ފެބުރުވަރީ 2022 - 19:16 0

ޓެރަރިސްޓު ގްރޫޕު އައިސިސްގެ އާއިލާތައް ގެންގުޅޭ ސީރިއާގެ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި މި ހަފްތާގައި ބޮޑު ހަމަނުޖެހުމެއް ހިނގައި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ސީރިއަން އޮބްސަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން މދިޔަ ހޯމަ ދުވަހު ބުނީ ހަމަނުޖެހުން ހިނގީ ކޭމްޕުގައި ބަންދުކޮށްގައި ތިބި މީހުން، އެތަނުގެ އަންހެން ގާޑުންތަކެއް ކިޑްނެޕް ކުރުމަށް މަސައްކަތް ކުރުމުން ކަމަށެވެ.

ގާތްގަނޑަކަށް 50،000 މީހުން ދިރިއުޅޭ އެ ކޭމްޕުގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި ދިރިއުޅޭ ހަ އަންހެނުން ޒަހަމްވެ އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވި ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުނެފައިވެ އެވެ. އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުންގެ ތެރެއިން 20،000 މީހުންނަކީ ކުޑަކުދިންނެވެ.

އެ ކޭމްޕުގައި މިދިޔަ އަހަރު އެކަނި ވެސް އެކި ވައްތަަރުގެ ކުށް ކުރުމުގެ 84 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. އަދި ކޭމްޕުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި 89 މީހަކު ވަނީ މަރާލައިފަ އެވެ.

އެ ކޭމްޕުގައި 33 ދިވެހިން ދިރިއުޅޭ ކަމަށް މިހާތަނަށް ފާހަގަވެފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނަށް ލިބިފައިވާ 12 ކުޑަކުދިން ހިމެނެ އެވެ. އެމީހުން ރާއްޖެ ގެނެސްދިނުމަށް 2019 ވަނަ އަހަރު ސަރުކާރުގައި ވަނީ އެދިފަ އެވެ. އަދި އެމީހުން އަނބުރާ ރާއްޖެ ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.