Advertisement

ޝަކީރީ އެމެރިކާ ލީގަށް

10 ފެބުރުވަރީ 2022 - 11:29 0


ޝަކީރީ އެމެރިކާ ލީގަށް

10 ފެބުރުވަރީ 2022 - 11:29 0

ޝިކާގޯ (ފެބްރުއަރީ 10) - ސްވިޓްޒަލޭންޑްގެ ވިންގް، ޒެރްދާން ޝަކީރީ އެމެރިކާގެ ޝިކާގޯ ފަޔާ އަށް ސޮއިކޮށްފި އެވެ.

ލިވަޕޫލް ދޫކޮށް، ޝަކީރީ ފްރާންސްގެ ލިޔޯނަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. ލިޔޯން އިން މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ޝިކާގޯ ފަޔާ އަށް ޝަކީރީ ދޫކޮށްލީ ހަތް މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ.

އެހެންކަމުން، ޝަކީރީ އަކީ ޝިކާގޯ ފަޔާގެ ތާރީހުގައި އެ ކްލަބުން ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

"ޝަކީރީ އަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް. އަދި އޭނާ އަކީ ޝިކާގޯގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭނެ ކުޅުންތެރިއަކަށްވާނެ،" ޝިކާގޯ ފަޔާގެ ސްޕޯޓިން ޑިރެކްޓަރު ޖޯޖް ހެއިޓްޒް ބުންޏެވެ.

ސްވިޓްޒަލޭންޑްގެ އެފްސީ ބާސެލް އިން ކެރިއަރު ފެށި ޝަކީރީ ،30، ވަނީ އޭނާގެ ކެރިއަރުގައި ލިޔޯން އާއި ލިވަޕޫލްގެ އިތުރުން ބަޔާން މިއުނިކާއި އިންޓަ މިލާން އަދި ސްޓޯކް ސިޓީ އަށް ކުޅެފަ އެވެ.

ސްވިޓްޒަލޭންޑްގެ ގައުމީ ޓީމަށް 2010 ވަނަ އަހަރުން ކުޅެން ފެށި ޝަކީރީ ވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކޮށްފަ އެވެ. -- ބީބީސީ