Advertisement

މާލޭގައި އެޕޮއިންޓްމެންޓާ ނުލާ ބޫސްޓާ ޑޯޒް ޖަހަން ފަށައިފި

9 ފެބުރުވަރީ 2022 - 09:46 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މީގެ ކުރިން ވެކްސިން ޖެހި އިރު ބަޔަކު ކިއުގައި: މިހާތަނަށް ބޫސްޓަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 91،387އަށް އަރާފައި--- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


މާލޭގައި އެޕޮއިންޓްމެންޓާ ނުލާ ބޫސްޓާ ޑޯޒް ޖަހަން ފަށައިފި

9 ފެބުރުވަރީ 2022 - 09:46 0

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް އެޕޮއިންޓްމެންޓް ހެދުމަކާ ނުލައި މާލޭގައި ޖަހައިދޭން ފަށައިފި އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރަކުން ފެށިގެނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މީގެ ކުރިން ޖަހަމުން ދިޔައީ ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 50 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ނަމަވެސް މިދިޔަ މަހުގެ 15 އިން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ވަނީ ޖަހަން ފަށައިފަ އެވެ.

އެޗްޕީއޭއިން ބުނީ އެޕޮއިންޓްމެންޓް ހެއްދުމަކާ ނުލާ މާލޭގެ ހުރިހާ ވެކްސިން ސެންޓަރުތަކަށް ގޮސް މިހާރު ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ހަ ސެންޓަރެއްގައި ވެކްސިން ޖަހައިދެމުންދާއިރު ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަމުންދާ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ވެކްސިން ޖަހައިދޭ ސެންޓަރުތައް:

  1. ހުޅުމާލެ ހޮސްޕިޓަލް - ބުރާސްފަތި، ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އަދި މެންދުރުފަހު 2:00 އިން ހަވީރު 5:00އަށް.
  2. ދަރުމަވަންތަ ހޮސްޕިޓަލް - ބުރާސްފަތި، ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 12:45 އަދި މެންދުރުފަހު 2:00 އިން އިރުއޮއްސު 6:45 އަށް.
  3. ދަމަނަވެށި - ބުރާސްފަރި، ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރުފަހު 1:00އިން ހަވީރު 4:00 އަށް.
  4. ސެނަހިޔާ - ބުރާސްފަރި، ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 12:00އިން މެންދުރުފަހު 3:00 އަށް.
  5. ދަރުބާރުގެ - ބުރާސްފަރި، ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 11:00އިން މެންދުރުފަހު 1:00އަށް އަދި މެންދުރުފަހު 2:00އިން ހަވީރު 5:45އަށް.
  6. ޓްރީޓޮޕް ހޮސްޕިޓަލް - އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00އިން މެންދުރު 12:00އަށް އަދި މެންދުރުފަހު 2:00އިން ހަވީރު 4:00އަށް

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 397،826 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 370،258 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ބޫސްޓާ ޑޯޒް 95،048 މީހުން ވަނީ ޖަހާފަ އެވެ.