6 ފެބުރުވަރީ 2022 - 18:06 2
އަދާލަތު ޕާޓީގެ ރައީސް އަދި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލްސާްއެއްގައި ވާހަކަދައްކަވަނީ. ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އޭނާ ކެމްޕޭން ކުރެއްވުމާ އަދާލަތުގެ އިސް ބައެއް ބޭފުޅުން ދެކޮޅު
6 ފެބުރުވަރީ 2022 - 18:06 2
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރި ކެމްޕެއިނުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވުމުން އޭނާ ނިސްބަތްވާ ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަ އާންމުނާ ހަމައަށް މިއަދު ތިލަވެއްޖެ އެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ކޮމަންޑޫގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިމްރާން، އެ ދާއިރާގެ ރަށްތަކަށް ދަތުރު ކުރެއްވުމުން ޕާޓީގެ ތެރޭގައި މައްސަލަ ޖެހުނު ކަމަށް މީގެ ކުރިން ވެސް އޮތީ އަޑު ފެތުރިފަ އެވެ.
އަދާލަތު ޕާޓީގެ ތެރޭގައި މައްސަލަޖެހިފައި އޮތްކަން މިއަދު ޔަގީންވީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒް ސޯޝަލް މީޑިޔާގައި ލިޔުއްވުމުންނެވެ. ރާޝިދުގެ ކެމްޕެއިނުގައި އިމްރާން ބަައިވެރިވެވަޑައިގަތީ ރިޝްވަތު ނަންގަވައިގެން ކަމަށް ތުހުމަތު ކުރުމުން މިނިސްޓަރު ދިފާއުކޮށް، ތުހުމަތުތަކަށް ރައްދު ދެއްވަމުން ސޯޝަލް މީޑިއާގައި އިޔާޒް ވިދާޅުވީ އިމްރާން ކެމްޕެއިނަށް ދިޔުމާ އޭނާ ވެސް "ދެކޮޅު" ކަމަށެވެ.
"އަޅުގަނޑުގެ އަހް އިމްރާން އާއި ސިޔާސީގޮތުން ކިތަންމެ ހިޔާލު ތަފާތުވީނަމަވެސް، އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާ ދެކޮޅު ނަމަވެސް އެމަނިކުފާނު އެކަން ކުރެއްވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލެއް ނުކުރަން،" އިޔާޒް ލިިޔުއްވި ޓުވީޓެއްގައި ލިޔެފައިވެ އެވެ.
އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ޕާޓީއަކަށްވާއިރު އަދި އެމްޑީޕީއަކީ އެ ކޯލިޝަނުގެ މައި ޕާޓީއަށްވާއިރު ރާޝިދުގެ ކެމްޕެއިނަށް އިމްރާން ވަޑައިގެންނެވުމުން ޕާޓީ ތެރޭގައި މައްސަލަ އުފެދެންޖެހޭ ސަބަބު އިޔާޒް ވިދާޅެއްނުވެ އެވެ. ނަމަވެސް މީގެ ކުރިން އިޔާޒް ވަނީ އެމްޑީޕީގެ ވަރަށް ގިނަ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން އިއްޔެ އެމްޑީޕީން ކާމިޔާބުކުރީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވެސް ތާއީދާ އެކުގަ އެެވެ. އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އެ އެމްޑީޕީގެ ކެމްޕޭނުގައި ބައިވެެރިވެވަޑައިގެންނެވި އެވެެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment