Advertisement

ގާސިމާއެކު ޖޭޕީ ޓީމެއް ރާޝިދުގެ ކެމްޕެއިންނަށް ކޮމަންޑޫ ދާއިރާއަށް!

25 ޖަނަވަރީ 2022 - 15:11 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް: އެމަނިކުފާނާއި އެކު ޖޭޕީ ފައުޖެއް މިއަދު ކޮމަންޑޫއަށް ފުރާވަޑައިގަނެފި -- ފޮޓޯ: ހުސައިން ޝަޔާހް / އަދަދު


ގާސިމާއެކު ޖޭޕީ ޓީމެއް ރާޝިދުގެ ކެމްޕެއިންނަށް ކޮމަންޑޫ ދާއިރާއަށް!

25 ޖަނަވަރީ 2022 - 15:11 0

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ހިމެނޭހެން އެ ޕާޓީގެ ސްލޮޓުގައި ކޯލިޝަން ސަރުކާރުގެ އިސް މަގާމިތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ޓީމެއް، ރައްޔިތުން މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުުމަށް އެ ރަށަށް ވަޑައިގެންފި އެވެ.

އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ރާޝިދަށް ތާއީދުކުރަން ޖޭޕީއިން ނިންމާފައިވާއިރު، އެ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވަޑައިގަނެފަ އެވެ. އެ ދަތުރުގައި ޖޭޕީގެ ބައެއް މިނިސްޓަރުން ބައިވެރިވަޑައިގެންނެވި އެވެ.

މިއަދު ކޮމަންޑޫ ދާއިރާއަށް ޖޭޕީގެ ލީޑަރާއެކު ވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) އާއި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގުނީގެ އިތުރުން އެ ޕާޓީގެ ތަރުޖަމާނުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އެންވަރެމެންޓްގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހް އެވެ.

"ޖޭޕީގެ އިސް ބައެއް ބޭފުޅުން އަދި ފަހުން މި ދަތުރުގައި އަޅުގަނޑުމެންނަށް ގުޅިވަޑައިގަންނަވާނެ." އަލީ ސޯލިހު ވިދާޅުވި އެވެ.

ޖޭޕީގެ އިތުރުން ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތުން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފަ އެވެ. ނަމަވެސް އެމްއާރުއެމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން ނުނިންމާ އެ ޕާޓީގެ މެމްބަރުންނަށް ފެންނަ ގޮތަކަށް ވޯޓުލުމުގެ އިހްތިޔާރު ދިނެވެ.

އެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރު ކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ދާއިރާށް ވެފައިވާ ވައުދުތައް:

  • ދެ ކޮމަންޑޫ ކޯޒްވޭ ބްރިޖަކުން ގުޅުވާލުން (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަދިނުމަށް) - އަމަލީ މަސައްކަތް ފަށައިފި
  • ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުން ( ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް) - ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ
  • ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތް (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމަށް) - އެ މަސައްކަތް ކުރަމުން ދަނީ
  • މަރޮށީގެ ބަނދަރުގެ މަސައްކަތް (އުމްރާނީ ތަރައްގީ) - އަމަލީ މަސައްކަތް ފަށައިފި

މި ބައި-އިލެކްޝަން ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ހުސެއިން ވަހީދު، 53، ކެންސަރު ބަލީގައި އަވަހާރަވުމުނެވެ. އަހަރުތަކެއް ވަންދެން ކެންސަރަށް ފަރުވާ ކުރެއްވުމަށްފަހު އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޑިސެމްބަރު 14، 2021 ގަ އެވެ.