27 ޖަނަވަރީ 2022 - 04:55 2
އާއިޝަތު މިހުނާ ނާސިހް
27 ޖަނަވަރީ 2022 - 04:55 2
ދަންވި ދަންވިހެން ގައި ހިރުވުމަކީ ބައެއް މީހުންނަށް ދިމާވާ އުނދަގޫ ސިއްހީ މައްސަލައެކެވެ. އާންމުކޮށް މިގޮތަށް ގައި ހިރުވުމަކީ ރޭގަނޑުގެ ނިދީގެ އަރާމު ވެސް ގެއްލެން ދިމާވެދާނެ ސަބަބެކެވެ.
ރޭގަނޑަށް ގައި ހިރުވުމަށް އިނގިރޭސި ބަހުގައި ބޭނުންކުރާ ސިއްހީ ލަފުޒެއް އޮވެ އެވެ. ޕިރުރައިޓިސް ނަމަކަށް ކިޔާ މި ހާލަތަކީ ބައެއް ފަހަރު ބައެއް މީހުންނަށް ވަރަށް ވޭން ހުރި ކަމަކަށް ވެސް ވެ އެވެ. ޕިއުރައިޓިސްް އަކީ ބައެއް ފަހަރު ތަބީއީ ކަމަކުން މެދުވެރިވާ ކަމެކެވެ. އަނެއްބައި ފަހަރު، މިއީ ހަށިގަނޑަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލެއްގެ އަލާމާތަކަށް ވެސް ވެ އެވެ.
ރޭގަނޑު ގައި ކަހަން އާންމުކޮށް މެދުވެރިވާ ބައެއް ގުދުރަތީ ސަބަބުތަކުގެ ތެރޭގައި ތަބީއީގޮތުން ހަށިގަނޑުގައި ހިނގާ ބައެއް މުހިންމު މަސައްކަތްތައް ހިމެނެ އެވެ. މިސާލަކަށް، އިރުއޮއްސުމުން ހަށިގަނޑުގެ ފިނިހޫނުމިނާއި, ލޭ ދައުރުވުން އިތުރުވެ އެވެ. އޭގެ ސަބަބުން ހަންގަނޑުގައި ކުޑަ ހޫނުކަމެއް ހުންނަ އިރު މިއީވެސް ގައި ކެހުމަށް މެދުވެރިވެދާނެ ސަބަބެކެވެ.
މިފަފަދަ ދެވަނަ ސަބަބަކަށް، ރޭގަނޑު ހަށިގަނޑުގައި އުފައްދާ ސައިޓޯކިންސް މާއްދާ ވެސް ބެލިދާނެ އެވެ. ސައިޓޯކިންސް އަކީ އިންފްލެމޭޓޮރީ (ދިލަނެގުމެއް) އެކުލެވޭ މާއްދާ އެކެވެ. ހަމަ އެހެން، ރޭގަނޑުގެ ވަގުތުތަކުގައި އިންފްލެމޭޝަން ލަސްކޮށްދޭ ހޯމޯން ކަމުގައިވާ ކޯޓިކޯސްޓްރޮއިޑްސް ރިލީޒްކުރާ މިންވަރު މަދުުވުމުން ހަންގަނޑުން ފެން ގެއްލޭ މިންވަރު ދުވާލާއި ބަލާއިރު އިތުރުވެ އެވެ. ފިނި މޫސުމުގައި ހަންގަނޑު ހިކިގެންދަނީ މި ސަބަބާއި ހެދި ހުރެ އެވެ. ހަން ޑްރައިވުމަކީ ހިރުވުމަށް މެދުވެރިވާ ސަބަބެކެވެ.
ގައިހިރުވުމަކީ ކޮންމެ ފަހަރަކު އަދި އާދައިގެ ކަމެކޭ ހިތާ ދޫކޮށްލެވޭ ކަހަަލަ ކަމެއް ނޫނެވެ. ރޭގަނޑަށް ގައި ކަހަން މެދުވެރިކުރުވާ ސިއްހީ ސަބަބުތަކެއް ވެސް ހުރެ އެވެ.
ފައިގައި ލޯޝަން ހާކަނީ--
ރޭގަނޑު ގައި ކަހަން މެދުވެރިވާ ސަބަބު ހޯދުމަކީ މި ވޭނީ ތުރާލުން ސަލާމަތްވުމަށްޓަކައި ކޮންމެހެންވެސް މުހިންމު ކަމެކެވެ. ކެހުން ހުއްޓުވުމަށްޓަކައި ބޭނުންކުރެވިދާނެ ތަފާތު ބޭސްތަކާއި ކްރީމްތައް ފަސޭހައިން ލިބެން ހުރެ އެެވެ. ނަމަވެސް އެބައި ކުރިއަށްގެންދަންވާނީ ޑޮކްޓަރަކަށް ދެއްކުމަށްފަހު ޑޮކްޓަރެއްގެ ލަފާއާ އެކުގަ އެވެ.
ޕިއުރައިޓިސް ގެ ވޭން ކުޑަ ކުރުމަށް ގޭގައި އަޖުމަ ބަލާލެވިދާނެ ބައެއް ހޯމް ރެމެޑީސް ތަކާއި, ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބައެއް ބަދަލުތަކެއް އެބަހުއްޓެވެ. އެންމެ މުހިންމީ ނުތަނަވަސް ހިޔާލުތަކާއި ދުރުން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމެވެ. މިގޮތުން ހަށިގަނޑުގެ މަސްތައް ރިލެކްސްކުރުވުމަށްޓަކައި މެޑިޓޭޓްކުރުމާއި, ޔޯގާ ފަދަ ލުއި ކަސްރަތުތަކެއް ކުރެވިދާނެ އެވެ.
އެއާއެކު ހަންގަނޑު ޑްރައިވެ ކަހައިގަތުމުގެ ކުރިން ލުބްރިކޭޓްކޮށްދޭނޭ އަލްކޮހޯލް ފްރީ މޮއިސްޗަރައިޒާއެއް ވެސް ބޭނުންކުރެވިދާނެ އެވެ. ހާއްސަކޮށް ނިދުމުގެ ކުރިން މިފަދަ މޮއިސްޗަރައިޒާއެއް މުޅި ގަޔާއި، ހިރުވާ ހިސާބުތަކުގައި އުނގުޅާލުމުން ވެސް ލުޔެއް ލިބޭނެ އެވެ.
ފަސޭހައިން ލިބެން ހުރި ރަނގަޅު ބައެއް މޮއިސްޗަރައިޒާ ތަކުގެ ތެރޭގައި ސެރާވީ, ސެޓަފިލް ޔޫސެރިން އަދި ވެނީކްރީމް ހިމެނެ އެވެ.
މީގެއިތުރުން ހިރުވުން ކަހާ ދިމާލެއްގައި ފިނި އެއްޗެއް ހާކަލާ, ހަމަށް ކުޑަ މަސާޖެއް ދިނުމަކީ ވެސް ހިރުވުން ލުއިކޮށްދޭނެ ކަމެކެވެ.
ހަމައެޔާއެކު ނިދާކޮޓަރީގައި ހިއުމިޑިފައާއެއް ބޭނުންކުރާނަމަ ކޮޓަރީގެ ވައިގެ ތެރެއަށް އިތުރު ތެތްކަމެއް ގެެނެސްދީ ހަންގަނޑު ޑްރައިވުމުން ދުރުކޮށްދޭނޭ އެވެ.
ހަމަކީވެސް ހަށިގަނޑުގެ މުހިންމު ގުނަވަނެކެވެ. އެހެންކަމުން މާބޮޑަށް ގައި ހިރުވާ ކަހަންޖެހޭނަމަ ހަމުގެ ޑޮކްޓަރަކަށް ނުވަތަ ޖެނެރަލް ޑޮކްޓަރަށް ދައްކާލެވިދާނެ އެވެ. ހާއްސަކޮށް މެދުނުކެނޑި ދެ ހަފްތާއެއްވަރު ކަހާނަމަ ނުވަތަ ކެހުމަކާއި ހެދި ނިންޖަށް އަސަރުކުރާނަމަ އެ ދެނީ މިކަމުގެ ސީރިއަސް ކަމުގެ ސިގްނަލްތަކެކެވެ. އަަދި ކެހުމާއެކު ބަރުދަން ލުއިވުމާ, ހުންއައުމާ ހަންގަނޑަށް އެއްވެސް ކަހަލަ ބަދަލެއް އަންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާލަންވާނެ އެވެ.
Comment