Advertisement

ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުން ކުރަން ހުއްދަ ދެނީ

23 ޖަނަވަރީ 2022 - 14:48 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑް ޕީސީއާރް ޓެސްޓް ކުރާ ސާމްޕަލެއް ނަގާނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުން ކުރަން ހުއްދަ ދެނީ

23 ޖަނަވަރީ 2022 - 14:48 1

ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ވިސްނަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިހާތަނަށް ރެޕިޑް ޓެސްޓު ކިޓު ބޭނުންކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ އައިޖީއެމްއެޗަށް އެކަނި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވަނީ ރެޕިޑް ޓެސްޓް ކިޓް ބޭނުން ކުރުމަށް ހުއްދަ ދިނުމަށް މަޝްވަރާ ކުރަމުންދާކަން ޔަގީން ކޮށްދެއްވާފަ އެވެ.

"ރެޕިޑް ޓެސްޓް ކިޓްއަށް ހުއްދަ ދިނުމަށް މަޝްވަރާތައް ކުރެވެމުންދަނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނަމަވެސް ހުއްދަދޭނެ ވަކި ތާރީހެއް އަފްޒަލް ވިދާޅެއް ނުވެ އެވެ.

އެންޓިޖެން ރެޕިޑް ޓެސްޓު ކިޓަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ކިޓެކެވެ. އެގޮތުން އިޓަލީ، ކްރޮއޭޝިއާ، އޮސްޓްރިއާ، ޕޯޗުގަލް، ޕޮލެންޑް، ސްޕެއިން އަދި ޖާމަނީގެ އިތުރުން ބެލްޖިއަމް ގައިވެސް މިހާރު އަންނަނީ މި ކިޓު ބޭނުން ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓާ އަޅާބަލާއިރު، މިކިޓަކީ 97 އިންސައްތަ ސީދާ ނަތީޖާ ނެރޭ ކިޓެއް ކަމަށް މި ކިޓު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އެމްވީ މޮޓޯސް އިން މައުލޫމާތުދެ އެވެ.

އެ ޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެ ރޮނގު ދައްކައިފި ނަމަ އެމީހަކު ކޮވިޑަށް ޕޮޒިޓިވްވީ އެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކިޓުގައި އިންނަ ސީ އަކުރާ ދިމާލުން ރޮނގެއް އަރާނެ އެވެ.