Advertisement

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

23 ޖަނަވަރީ 2022 - 11:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ: ވިދާޅުވީ ބަލީގެ އަލާމާތްތައް ފެންނަ ކަމަށް -- ފޮޓޯ: އަހުމަދު ޝުރާއު/ރައީސް އޮފީސް


މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

23 ޖަނަވަރީ 2022 - 11:50 0

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ޔުމްނާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތުމާއެކު، މިވަގުތު ހުންނެވީ ގޭގައި ކަރަންޓީނުގައި ކަމަށެވެ. އަދި އެކަމަނާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުމްނާ ވަނީ ކޮވިޑުން އަރައިގަތުމަށްޓަކައި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި އާންމުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެކަމަނާގެ މަންމާފުޅު ނަސްރީނާ އިބްރާހީމް ވެސް ވަނީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެ ރަނގަޅުވެފަ އެވެ.

ހަމަ އެއާއެކު، އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ކޮވިޑު ޖެހިވަޑައިގެންފައިވާކަން އެމަނިކުފާނު ވަނީ އިއްޔެ އިއުލާން ކުރައްވާފަ އެވެ. ރައީސް މިވަގުތު ހުންނެވީ އެކަހެރިވެ ވަޑައިގެން ކަރަންޓީނުގަ އެވެ.