Advertisement

ޑޯޓްމަންޑް ބަލިވެ ޖަރުމަން ކަޕުގެ ކާމިޔާބު ހުރިހާ ޓީމެއް ކަޓައިފި

19 ޖަނަވަރީ 2022 - 15:08 0


ޑޯޓްމަންޑް ބަލިވެ ޖަރުމަން ކަޕުގެ ކާމިޔާބު ހުރިހާ ޓީމެއް ކަޓައިފި

19 ޖަނަވަރީ 2022 - 15:08 0

ހެމްބާގް (ޖެނުއަރީ 19) - ޖަރުމަން ކަޕްގެ ގަދަ 16 ގައި ދެ ވަނަ ޑިވިޝަން އެފްސީ ޕައުލީ އަތުން ބަލިވެ, ބޮރޫޝިއާ ޑޯޓްމަންްޑް ވެސް މުބާރާތުން ކަޓައިފި އެވެ.

ޑޯޓްމުންޑް މި އަހަރުގެ މުބާރާތުން ކެޓުމާ އެކު މިދިޔަ 27 އަހަރު ޖަރުމަނު ކަޕް ކާމިޔާބުކުރި ހުރިހާ ޗެމްޕިއަން ޓީމްތަކެއް މުބާރާތުން ކެޓީ އެވެ. ބާކީ ތިބި ޓީމްތަކުގެ ތެރެއިން މިހާރު މުބާރާތުން ނުކަޓައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ 1995 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބޮރޫޝިއާ މޮންޗެންގްލެޑްބަކް އެވެ.

ޖަރުމަން ކަޕްގެ ގަދަ 16 އިން ޑޯޓްމުންޑް ކެޓީ އެފްސީ ޕައުލީ އަތުން 2-1 އިން ބަލިވުމުންނެވެ. މި މެޗަށް ޑޯޓްމަންްޑުން ނެރުނީ ވަރުގަދަ 11 އެކެވެ. ޑޯޓްމަންްޑްގައި މިވަގުތު ފިޓްކޮށް ތިބި ހުރިހާ ތަރިން ކުޅުނު މި މެޗުގެ ފުރަތަމަ ދެ ގޯލް ޖެހީ ވެސް ޕައުލީންނެވެ.

ފުރަތަމަ ގޯލް މެޗުގެ ހަތަރު ވަނަ މިނެޓުގައި އެޓިއެންނީ އަމެނީޑޯ ޖެހިއިރު، ދެ ވަނަ ގޯލަކީ ޑޯޓްމަންްޑްގެ އެލެކްސް ވިޓްސެލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޑޯޓްމަންްޑަށް ލިބުނު ޕެނަލްޓީ އަކުން ހާލަންޑް އެ ޓީމަށް އުއްމީދެއް ގެނެސްދިން ނަމަވެސް ޑޯޓްމުންޑްގެ ހަމަލާތައް ދިފާއުކުރުމުގައި ޕައުލީން ކުރި ހޯދައި ތާރީޚީ ކާމިޔާބެއް ހޯދި އެވެ.

މިދިޔަ 10 އަހަރު ޖަރުމަން ކަޕްގެ ފައިނަލުގައި އެއް ކޮޅުން ބަޔާން މިޔުނިކް ނުވަތަ ޑޯޓްމަންްޑް ވާދަކުރި އެވެ. ދެ ޓީމު ވެސް މުބާރާތުން ކެޓިއިރު، މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމް ވާޑާ ބްރޭމަން މި އަހަރު ކެޓީ ފުރަތަމަ ބުރުގަ އެވެ.

ޖަރުމަން ކަޕްގެ ދެ ވަނަ ބުރުގެ ބާކީ ހުރި މެޗުތައް މިރޭ ކުޅޭނެ އެވެ. އާރްބީ ލައިޕްޒިގު ނުކުންނާނީ ދެ ވަނަ ޑިވިޝަންގެ ހަންސާ ރޮސްޓޮކާ ދެކޮޅަށެވެ. ވަރުގަދަ ބަޔާން ކަޓުވާލި މޮންޗެންގްލެޑްބަކް ނުކުންނާނީ ހެނޯވާއާ ދެކޮޅަށެވެ. ހޮފެންހެއިމް އާއި ފްރެއިބާގް ވާދަކުރާއިރު ހާތާ ބާލިން ނުކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.