Advertisement

ސައިބާ ގުޅުން ވަރުގަދަ ކުރަން ނޭޓޯ އާއި ޔޫކްރެއިނުން އެއްބަސްވުމަކަށް

18 ޖަނަވަރީ 2022 - 07:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނޭޓޯ އާއި ޔޫކްރެއިނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. -- ފޮޓޯ: ނޭޓޯ


ސައިބާ ގުޅުން ވަރުގަދަ ކުރަން ނޭޓޯ އާއި ޔޫކްރެއިނުން އެއްބަސްވުމަކަށް

18 ޖަނަވަރީ 2022 - 07:01 0

ބްރަސެލްސް، ބެލްޖިއަމް (ޖެނުއަރީ 17) - ޔޫކްރެއިނަށް ބޮޑު ސައިބާ ހަމަލާއެއް ދިން މައްސަލަ ބޮޑުވެފައި ވަނިކޮށް، ނޭޓޯއިން އެ ގައުމަށް ފޯރުކޮށްދޭ ސައިބާ ސަޕޯޓު ވަރުގަދަ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ޔޫކްރެއިން ސަރުކާރުގެ ގިނަ ވެބްސައިޓްތައް ޑައުންކޮށްލި ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެ އެވެ. ރަޝިއާއިން އެކަން ދޮގު ކުރި ނަމަވެސް، އެނެލިސްޓުން ބުނަނީ އެއީ ޔޫކްރެއިނަށް ރަޝިއާ ސިފައިން އެރުމުގެ ކުރިން ދިން އިންޒާރެއް ކަމަށެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ނޭޓޯގެ ތަޖުރިބާކާރުން ޔޫކްރެއިންގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެންމެ ފަހުން ދިން ސައިބާ ހަމަލާއަށް ފަހު ނޭޓޯއިން ފޯރުކޮށްދޭ އެހީ އިތުރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ނޭޓޯއާއި ޔޫކްރެއިނާއި ދެމެދު ސޮއިކުރި އާ އެއްބަސްވުމެއްގެ ދަށުން ސައިބާ ގުޅުން ވަރުގަދަކޮށް، ނޭޓޯގެ މެލްވެއާ މައުލޫމާތު ހިއްސާކުރާ ޕްލެޓްފޯމަށް ޔޫކްރެއިނަށް އެކްސެސްވެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ.

ޔޫކްރެއިން އާއި ރަޝިއާގެ މަޝްރަހު ފަހުގެ ތާރީހެއްގައި ގޯސްނުވާ މިންވަރަށް މިހާރު ވަނީ ގޯސްވެފަ އެވެ. ޔޫކްރެއިނުން ތުހުމަތުކުރާ ގޮތުގައި އެ ގައުމާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާ ސިފައިން ޖަމާކޮށްފައި ވަނީ ޔޫކްރެއިނަށް އެރުމަށެވެ.

ޔޫކްރެއިންގެ އެސްބީޔޫ ސެކިއުރިޓީ ސާވިސް އިން ބުނީ ހުކުރު ދުވަހުގެ ހެނދުނު ދިން ހަމަލާގައި ސަރުކާރުގެ 70 ވެބްސައިޓަކަށް އަމާޒު ކުރި ކަމަށެވެ.