Advertisement

އަފްގާނިސްތާނުގެ ތާލިބާނުން 3000 މެމްބަރުން ވަކިކޮށްފި

18 ޖަނަވަރީ 2022 - 05:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާއެއް ކަވާ ކުރަން ތިބި ނޫސްވެރިންނާ ދިމާލަށް ތާލިބާން ހަނގުރާމަވެރިން ދަނީ. -- ފޮޓޯ: އޭއެފްޕީ


އަފްގާނިސްތާނުގެ ތާލިބާނުން 3000 މެމްބަރުން ވަކިކޮށްފި

18 ޖަނަވަރީ 2022 - 05:33 0

ކާބުލް، އަފްގާނިސްތާން (ޖެނުއަރީ 16) - ތާލިބާނުންގެ އުސޫލުތަކާ ހިލާފުވި 3000 މެމްބަރުން އެ ޖަމިއްޔާއިން ވަކިކޮށްފި އެވެ.

ވިހި އަހަރުގެ ހަނގުރާމައަކަށް ފަހު ތާލިބާނުން ވެރިކަމަށް އައީ މިދިޔަ އޯގަސްޓު މަހު އެވެ. އެ މީހުން ވައުދުވީ 1996 އިން 2001 ވަނަ އަހަރަށް ވެރިކަން ކުރި ގޮތާ ހިލާފަށް، އާއްމުންގެ ހައްގުތައް ދިނުމަށެވެ.

"އެ މީހުން ދިޔައީ އިސްލާމީ ހިލާފަތުގެ ނަން ހުތުރު ކުރަމުން. މެމްބަރުންގެ ކަންކަން ބަލައި މޮނީޓާ ކުރުމުގެ މަރުހަލާގައި އެ މީހުން ވަކިކުރީ ސާފު ސިފައިންގެ ލަޝްކަރަކާއި ފުލުހުންގެ ފައުޖެއް ބިނާކުރުމަށް،" މެމްބަރުންގެ ކަންކަން ބަލަން އުފެއްދި ކޮމިޓީގެ ވެރިޔާ ލަތީފުﷲ ހާކިމީ ބުންޏެވެ.

އޭނާ ބުނީ މިހާތަނަށް 2840 މެމްބަރުން ވަކިކޮށްފައިވާ ކަމަށެވެ. އެއީ ކޮރަޕްޝަންގެ އަމަލުތައް ހިންގައި، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވެ، އާއްމުންގެ ޒާތީ ދިރިއުޅުމަށް ބާރު ފޯރުވި މީހުންނެވެ. އޭގެ އިތުރުން ބައެއް މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި މީހުންނެވެ.

ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ރޫހާނީ ލީޑަރު ހިބަތުﷲ އަހުންދްޒާދާ ނެރުނު އަމުރެއްގައި ވަނީ ކުރީ ސަރުކާރުގެ މުވައްޒަފުންނާއި ސިފައިންނާއި ފުލުހުންނަށް މައާފުދީ، އެ މީހުންނާ ދެކޮޅަށް އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނީ އެ އެންގުމާ ހިލާފަށް ގިނަ ބަޔަކު މަރާފައިވާ ކަމަށެވެ. ތާލިބާނުން ބުނީ މެމްބަރުންގެ ކަންކަން މޮނީޓާ ކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި، ފިޔަވަޅު އަޅަން ޖެހޭ އިތުރު މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.