ޕޮޒިޓިވްވާ ސިވިލް ސާވިސްގެ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

17 ޖަނަވަރީ 2022 - 17:09 2

ފާތިމަތު އަޖްފާން

ފ

ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް ވަނީ އަންގާފައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


ޕޮޒިޓިވްވާ ސިވިލް ސާވިސްގެ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

17 ޖަނަވަރީ 2022 - 17:09 2

ސަރުކާރު މުވައްޒަފުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފާއި ކޮންޓެކްޓްވާ މުވައްޒަފުން ކަރަންޓީނު މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީންވާންޖެހޭ މުއްދަތު ހަތް ދުވަހަށް މިހާރު ވަނީ ކުރުކޮށްފަ އެވެ. އެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން ބަލީގެ އަލާމާތެއް ހުރިނަމަ، ކަރަންޓީނު ކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރުވުމުން ކަމަށްވެސް އެޗްޕީއޭން ބުނެ އެވެ.

ނަމަވެސް، އެޗްޕީއޭން ބުނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަސް ހަމަވި ނަމަވެސް ސިއްހީ ހިދުމަތްދޭ ތަންތަނާއި މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖަން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

ކަރަންޓީނު ކުރާ އުސޫލަށް އެޗްޕީއޭއިން ގެނައި ބަދަލާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުންނާއި ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވާ މުވައްޒަފުން ކަރަންޓީނުވާން ޖެހޭ މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު އިދާރާތަކުން ހަމަޖައްސަދޭން ޖެހޭނެ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހަކު ޕޮޒިޓިވްވާ މީހަކާ ކޮންޓެކްޓުވެ ކަރަންޓީނު ކުރާނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަށެވެ. އެ 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާ ނުލައި ކަރަންޓީން ނިމޭނެ އެވެ.

ނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް އެޗްޕީއޭއިން އަންގާ ތާރީހުން ފެށިގެން ފަސް ދުވަސް ފުރިހަމަވުމުން، ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީން ނިމޭނެ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ވަކިން ކަރަންޓީނުގައި ތިބޭ ނަމަ އެވެ.

ވެކްސިން ފުރިހަމަނުވާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވާ މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 14 ދުވަސް ކަމަށް އެޗްޕީއޭން ބުނެ އެވެ.

މިދުވަސްކޮޅު ކޮވިޑް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެގެ އަދަދު ވަނީ 1200 އަށްވުރެ މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުން 575 މީހަކާއި، އަތޮޅުތެރެއިން 408 މީހަކާއި ރިސޯޓްތަކުން 155 މީހަކާއި ލިވަބޯޑުން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 5,975 އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ގޯސް

about 3 years ago

ކޮންޓެކްޓުން އެކަނި

މީމުހާ

about 3 years ago

މިހަބަރުގައި މިވަނީ ނުބައިކޮށް: ރަނގަޅު ގޮތަކީ: ކޮވިޑަށް ފައްސިވާ މީހުންނާއި ކޮންޓެކްޓްވާ ސިވިލް ސަރވިސް މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސައިފި... ތަންކޮޅެއް ރަނގަޅަށް ބައްލަވާލައްވާފަ ހަބަރު ލިޔެލާނަމަ އާއްމުންނަށް އޮޅުންއަރާލެއް ކުޑަވާނެ ދެއްތޯ