Advertisement

އަންޗެލޮޓީގެ އަމާޒު ރެއާލް ގޮވައިގެން އިތުރު ކާމިޔާބީތަކަށް

17 ޖަނަވަރީ 2022 - 18:40 0


އަންޗެލޮޓީގެ އަމާޒު ރެއާލް ގޮވައިގެން އިތުރު ކާމިޔާބީތަކަށް

17 ޖަނަވަރީ 2022 - 18:40 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 17) - މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ރޭ ކާމިޔާބުކުރިއިރު، އެ ޓީމުގެ އަމާޒަކީ ސީޒަންގައި ދެން ވާދަކުރާ މުބާރާތްތަކުގެ ތަށި ހޯދުން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލް އިން 12 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ރޭ ކާމިޔާބުކުރީ އެތުލެޓިކޯ ބިލްބާއޯ އަތުން 2-0 އިން މޮޅުވެގެނެވެ.

ކުޅުންތެރިންނަށް ތައުރީފް ކުރަމުން، އަންޗެލޮޓީ ބުނީ ރެއާލްގެ އަމާޒަކަށް ދެން ވާނީ ސީޒަންގައި ބާކީ އޮތް މުބާރާތްތައް ކާމިޔާބުކުރުން ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ޓީމެއް. މި ޓީމުގެ ކޯޗުގެ މަގާމުގައި ހުރުމަކީ އަހަންނަށް ވެސް ލިބޭ ފަހުރެއް،" އަންޗެލޮޓީ ބުންޏެވެ.

"އަހަރަމެން ދެން ވިސްނާނީ ކުރިއަށް އޮތް މުބާރާތްތަަކަށް. މި ކުޅުންތެރިން ވަރަށް ގިނަ ކާމިޔާބީތައް ހޯދައިފި. އެކަމަކު މި ކުޅުންތެރިން އަދިވެސް ތިބީ އިތުރު ކާމިޔާބީތަކަށް ފެންބޮވައިގަނެފައި."

ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ 13 ފަހަރު ތަށި އުފުލާލި ބާސެލޯނާ އެވެ. މި ފަހަރުގެ މުބާރާތަކީ ހަތަރު ޓީމު ކުޅޭ ގޮތަށް ސުޕަ ކަޕް ބާއްވަން ފެށި ފަހުން ކުޅުނު ތިން ވަނަ މުބާރާތެވެ. ރެއާލުން ވަނީ ސެމީގައި ބާސެލޯނާ ކަޓުވާލައިފަ އެވެ.

އަންޗެލޮޓީ ބުނީ މުޅި މުބާރާތަށް ބަލާއިރު، މިއީ ރެއާލަށް ހައްގު ކާމިޔާބެއް ކަމަށެވެ.

"ދެ މެޗުން ވެސް އަހަރަމެންނަށް ލިބުނީ ހައްގު މޮޅެއް. ދެ މެޗުގައި މި ކުޅުނީ ތަފާތު ދެ ސްޓައިލަކަށް،" އަންޗެލޮޓީ ބުންޏެވެ. -- ބީބީސީ