Advertisement

ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އިމިގްރޭޝަނުން ފަސޭހަ އުސޫލެއް

16 ޖަނަވަރީ 2022 - 12:56 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ


ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އިމިގްރޭޝަނުން ފަސޭހަ އުސޫލެއް

16 ޖަނަވަރީ 2022 - 12:56 0

ލޯ އެންފޯސްމަންޓް ޔުނީފޯމް ބޮޑީޒްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތްތައް ލުއިކޮށްދިނުމުގެ ގޮތުން ހާއްސަ ކައުންޓަރެއް އިމިގްރޭޝަން އިން ގާއިމްކޮށްފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި މިއީ އެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

"މިއީ ޑިއުޓީ ގަޑީގައި އެބޭފުޅުން ހޭދަކުރައްވާ ވަގުތަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގައި އަވަދިނެތި އުޅުއްވާ ވަގުތުތަކަކަށް ވާތީ އެ ބޭފުޅުންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާ ނިންމުމެއް،" ބުނެފައިވެ އެވެ.

އޮންލައިންކޮށް ޕާސްޕޯޓު ހެދުމުގެ މަރުހަލާ ނިންމުމަށްފަހު، ޕާސްޕޯޓު ބަލާ އިމިގްރޭޝަނަށް ގޮސް އޮފީސް ކާޑު އެކައުންޓަރަށް ދެއްކުމުން ޕާސްޕޯޓުގެ ކަންކަން ފަސޭހަކަމާއެކު ހަމަޖެހިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ލޯ އެންފޯސްމަންޓް ބޮޑީސްތަކަކީ އެމްއެންޑީއެފް، ޕޮލިސް، ކަސްޓަމްސް، ކަރެކްޝަންސް، އޭވިއޭޝަން ކޮމާންޑް އަދި އެޗްޕީއޭ އެވެ.