Advertisement

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ލަންކާއަށް

15 ޖަނަވަރީ 2022 - 22:59 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ލަންކާއަށް

15 ޖަނަވަރީ 2022 - 22:59 0

ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ފަސްވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވުމަށް އެރުވި ދައުވަތު ގަބޫލުފުޅުކުރައްވާ ރައީސް ނަޝީދު ލަންކާއަށް ގައި ހުންނަވާނީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށެވެ.

މި ހަރަކާތަކީ ލަންކާގެ ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރުތައް އަށަގެންނެވުމުގެ މަގުސަދުގައި އެގައުމުގެ ނެޝަނަލް ޔޫތު ސާވިސަސް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލަންކާ ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައި ވެއެވެ.