Advertisement

އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

13 ޖަނަވަރީ 2022 - 15:24 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް--- ފޮޓޯ: ހުސައިން ވަހީދު/އަދަދު


އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

13 ޖަނަވަރީ 2022 - 15:24 1

މިދިޔަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާފައިވާ ކަަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

އެ އިމންތިހާނުގައި 2،700 ދަރިވަރުން އެޑެކްސެލް އިމްތިހާނު ހަދާފައިވާއިރު 14 ސްކޫލަކުން 74 ދަރިވަރަކު ޓީޗާ ބޭސްޑު އެސެސްމަންޓު ވަނީ ހަދާފަ އެވެ.

ޑީޕީއީން ބުނީ ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށެވެ.

ކޮވިޑާއި ގުޅިގެން އޭލެވެލް އިމްތިހާންތައް ފަސްކުރުމަށްފަހު އިމްތިހާނު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ އަހަރު މޭ/ޖޫންގަ އެވެ. ނަމަވެސް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިމްތިހާނު ކުރިޔަށް ނުގެންދިއުމަށް ނިންމާ މެދުކަނޑާލާފަ އެވެ.

އެ އިމްތިހާނުގައި ފަސް ޕޭޕަރެއް ލީކުވިއިރު އޭގެ ތެރޭގައި ހިމެނެނީ ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރުތަކެކެވެ.

ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ހުށަހެޅީ ދެ ގޮތެކެވެ.

އެއީ ދަރިވަރުން ބޭނުންނަމަ އޭޕްރިލް/މެއި އިމްތިހާނުން ވަކިވެ އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ބަދަލުވުމާއި ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައަޅާ ކިޔެވުން ނިންމާލުމެވެ.