Advertisement

މި އަހަރު އަފްގާނިސްތާނަށް އެހީވާން އދ. އިން ފަސް ބިލިއަން ޑޮލަރު ހޯދަނީ

13 ޖަނަވަރީ 2022 - 05:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ޖުމްލަ 4.4 ބިލިއަން ޑޮލަރު ބޭނުންވޭ. -- ފޮޓޯ: އޭއެފްޕީ


މި އަހަރު އަފްގާނިސްތާނަށް އެހީވާން އދ. އިން ފަސް ބިލިއަން ޑޮލަރު ހޯދަނީ

13 ޖަނަވަރީ 2022 - 05:17 0

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 11) - އަފްގާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަނެ، ފަހި މުސްތަގުބަލަކަށް މަގު ކޮށައިދޭން މި އަހަރު ފަސް ބިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އދ. އިން ބުނެފި އެވެ.

މިއީ އެއް ގައުމަކަށް މިހާ ބޮޑު އަދަދެއްގެ އެހީ ބޭނުންވެގެން އދ. އިން އިއުލާނު ކުރި ފުރަތަމަ ފަހަރެވެ. އދ. އިން ބުނީ އަފްގާނިސްތާނުގައި ތިބި ރައްޔިތުންނަށް އެހީވާން 4.4 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެހެން ގައުމުތަކުގައި ތިބި އަފްގާން ރައްޔިތުންނަށް އެހީވާން 623 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

އދ. އިން ބުނީ އަފްގާނިސްތާނުގައި އެހީ ބޭނުން ވަނީ 22 މިލިއަން މީހުންނަށް ކަމަށާއި އަވައްޓެރި ފަސް ގައުމެއްގައި ރެފިއުޖީންގެ ގޮތުގައި ތިބި 5.7 މިލިއަން އަފްގާން ރައްޔިތުންނަށް ވެސް އެހީ ބޭނުންވާ ކަމަށެވެ.

"ބޮޑު އިންސާނީ ކާރިސާއެއް އޮތީ ބޯމަތިވެފައި. އަޅުގަނޑުގެ މެސެޖަކީ އަވަސް މެސެޖެއް. އަފްގާނިސްތާނުގެ ރައްޔިތުންގެ މޫނު މައްޗަށް ދޮރު ނުޖަހާ،" އދ. ގެ އެހީއާ ބެހޭ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވި އެވެ.

"މުޅި ގައުމަށް ފެތުރިފައި އޮތް ބަނޑުހައި ހޫނުކަން ނައްތާލައި، ބަލިމަޑުކަމާއި، މެލްނިއުޓްރިޝަން އަދި މަރުތައް މަދުކޮށްދޭން އެހީވެދީ."

މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާ އެކު އަފްގާނިސްތާނަށް މާލީ ކާރިސާއެއް ދިމާވީ ބޭރުގެ އެހީ ކުއްލިއަކަށް ހުއްޓާލުމުންނެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ގިނަ ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

އަފްގާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއް އެމެރިކާއިން ހިފަހައްޓާފައި ވާއިރު، އެހީދޭ ޖަމިއްޔާތަކުން ވެސް ވަނީ އޮޕަރޭޝަންތައް ސަސްޕެންޑުކޮށްފަ އެވެ. އޭގެ އިތުރުން 2021 ވަނަ އަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވެ، އަފްގާނިސްތާނުގެ ދަނޑުވެރިކަމަށް ވެސް އަސަރު ކުރި އެވެ.

"އެހީގެ ޕެކޭޖެއް ނެތި މުސްތަގުބަލެއް ނޯންނާނެ،" ޖެނީވާގައި ނޫސްވެރިންނަށް ގްރިފިތްސް ވިދާޅުވި އެވެ.