ރ. މާށިގިރި މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުން ފެނުނު އަތުބޮން މިހާރު އޮތީ ސިފައިންނާ ހަވާލުކޮށްފައި -- ފޮޓޯ: ގޫގަލް ކެޕްޗާ
ރ. އަތޮޅުގައި މީހުން ދިރިނޫޅޭ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު އާންމުންގެ ބަޔަކަށް އެ ރަށުން އަތުބޮމެއް ފެނުނު ކަމަށް ފުލުހުން ބުނީ އަންގާރަ ދުވަހެވެ.
ބޮން ފެނުނީ ރ. މާށިގިރިއަށް ދަތުރު ދިޔަ ބަޔަކަށް ޖެނުއަރީ 1، ގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ނޫސްތަކަށް މައުލޫމާތު ދެމުން ބުންޏެވެ. އެ ބޮން މިހާރު ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ. އަދި އެއީ ބޮމެއްކަން ސިފައިން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާށިގިރިން ފެނުނު އަތުބޮން އޮތީ ކޮން ހާލަތެއްގައިކަން ފުލުހުން ނުބުނެ އެވެ. އަދި އެއީ ރާއްޖޭގެ ސިފައިން ގެންގުޅޭ ވައްތަރުގެ ހަތިޔާރުކަމެއް ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއްނުކުރެ އެވެ.
މާށިގިރން ބޮމެއް ފެނުނު ކަމަށް ފުލުހުން ބުނެފައި މި ވަނީ ފުލުހުންނާއި ސިފައިންނާ ގުޅިގެން ހަތިޔާރާއެކު މަގުތަކަށް ނިކުމެ ގޭންގުތަކާ ދެކޮޅަށް 30 ދުވަހުގެ އޮޕަރޭޝަނެއް ފަށާފައި އޮއްވަ އެވެ. ނަމަވެސް ބޮން ފެނުމާ އެ އޮޕަރޭޝަނާ ގުޅުމެއްވާކަން އެނގިފައެއް ނުވެ އެވެ.
މާށިގިރިއަކީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށެވެ. ގާތްގަނޑަކަށް 11 ހެކްޓަރުގެ ބޮޑުމިން ހުރި މާށިގިރިއަކީ މީގެ ކުރިން ޖޫން 15، 2016 ގައި ސަރުކާރުން ފްލާވާ އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައި އޮތް ރަށެވެ. ނަމަވެސް ކުލި ނުދައްކައިގެން އެ ރަށް ފަހުން އަތުލީ އެވެ.
މާށިގިރިން އަތުބޮމެއް ފެނުނުއިރު މީގެ ކުރިން އޮކްޓޯބަރު 28، 2015 ގައި ބ. ހިބަޅިދޫއިން ސިފައިން ވަނީ ވަރަށް ގިނަ އަދަދެއްގެ ހަތިޔާރު ހޯދައިފަ އެވެ. އެކި ވައްތަރުގެ ބަޑި އާއި ބޮމާއި އެ ނޫން ވެސް ހަތިޔާރު ރައްކާކޮށްފައި އޮތީ ހިބަޅިދޫ ފަޅު ތެރޭގައި 42 މީޓަރު އަޑީގަ އެވެ.
ހަތިޔާރު ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ޔޮޓުކޮޅުގައި ބޮން ގޮއްވާލި މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ސުވާލު ކުރި މީހެއްގެ ފަރާތުން ލިބުނު މައުލޫމާތުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހިބަޅިދޫއިން ފެނުނު ހަތިޔާރު:
ހިބަޅިދޫއިން ހޯދި ރައިފަލާއި ސަބް މެޝިން ބަޑިއަކީ ސިފައިންގެ ގުދަނުން ވަގަށްނަގާފައިވާ ތަކެތިކަން ފަހުން ފުލުހުން ވަނީ ބުނެފަ އެވެ.
ހިބަޅިދޫ ބަލައި ފާސް ކުރުމަށް ފުލުހުން ދިޔައީ އޮކްޓޯބަރު، 28 ގަ އެވެ. ނަމަވެސް ހަތިޔާރު ފެނުނީ ދެ ދުވަސް ފަހުންނެވެ. ހަތިޔާރުތައް ހުރީ ވަރަށް ބޮޑު ދެ ގޯންޏަކަށް އަޅާފައިކަން ފުލުހުން ބުނެފައިވެ އެވެ.
ހިބަޅިދޫއަކީ އެއިރު ބިޒްނާސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް ދީފައި އޮތް ރަށެވެ. އެއީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައި ރޯލެއް އަދާކުރި އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދީފައި އޮތް ރަށެވެ. އެ މައްސަލައިގައި އެ ކުންފުނީގެ ޝެއާ ހޯލްޑަރެއް ކަމަށްވާ އައްލާމް ލަތީފް ހޯދުމަށް ފުލުހުން މަސައްކަތް ކުރި އެވެ.
ހަތިޔާރު ފެނުނު މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ ބޮޑު ހިޔާނާތުގެ މާސްޓާމައިންޑު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބަޑިގުދަނާ ހަވާލުވެ ހުރި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) އާއި އައްލާމް އަދި މުހައްމަދު ހުސެއިން (އޮއިއްޓޭ) އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިއަށްގެންދިޔަ އެވެ. ނަމަވެސް ފަހުން ދައުލަތުގެ ފަރާތުން ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕްލައިމައުތުގެ ޕްރޮފެސާ ޖާޑް މަސެލިންކް މާދަމާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫގެ) އޮޑިޓޯރިއަމްގައި ލެކްޗަރެއް ދެއްވާނެ އެވެ. ލެކްޗާގެ ނަމަކީ "އެޓޯލް އައިލެންޑްސް ކޭން އެކްރީޓް ވާޓިކަލީ އިން ރެސްޕޮންސް ޓު ސީ ލެވެލް ރައިސް" އެވެ. އެ ލެކްޗާ އޮންނާނީ މާދަމާ ހަވީރު 4:30 ގަ އެވެ.
އެމްއެންޔޫއިން ބާއްވާ ޕަބްލިކް ލެކްޗަރުގެ އިސްތިހާރެއް: ލެކްޗާ ދެއްވާނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް -- ފޮޓޯ: އެމްއެންޔޫ
ޕްރޮފެސާ މަސެލިންކް ކިޔަވައިދެއްވަނީ ކޯސްޓަލް ޖިއޯމޮފޮލޮޖީ އެވެ. އެއީ ކަނޑުގެ ލޮނުގަނޑުގެ ސަބަބުން ގޮނޑުދޮށަށް ކުރާ އަސަރު ނުވަތަ ބަދަލުތައް ސްޓަޑީ ކުރުމަށް ކުރުމަށް ކިޔާ ނަމެކެވެ.
ޕްރޮފެސާ މަސެލިންކަކީ، އާދަޔާ ހިލާފް ބާރުގަދަ ތޫފާންތަކުގެ ސަބަބުން ގޮނޑުދޮށަށް ކުރާ އަސަރު ނުވަތަ އަންނަ ބަދަލު ދިރާސާ ކުރުމުގައި ދުނިޔޭގައި ވެސް ހުންނެވި އެންމެ ގާބިލް އެއްބޭފުޅާ އެވެ. އެ ދާއިރާގެ ދިރާސާތައް އޭނާ ކުރައްވާތާ މިހާރު 25 އަހަރުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުުރުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ:
އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ގައުމުގެ ކަންތައްތައް ހުއްޓުވުމެއް ނެތި މި ޕެންޑެމިކް ކޮންޓްރޯލްކުރުން. އެހެންވީމާ އަޅުގަނޑުމެންގެ އިގުތިސާދާ ގުޅިފައި ހުރި ކަންތައްތަކަށް މާ އުނދަގޫ ނުޖެހޭ ގޮތަށް މި ޕެންޑެމިކް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު.
އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތައް ބަދަލު ކުރުމަށްޓަކައި ވަމުންދާ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައްލަވާލައްނީ: އަރަބިއްޔާގެ ދަރިވަރުން އެ އިމާރާތައް ބަދަލު ކުރަނީ އެހެން ސްކޫލްތަކުގެ ދަރިވަރުންނާއެކު ކިޔެވުމަށް ނުފޮނުވާނެ ކަމަށް ބުނެ އަރަބިއްޔާގެ ބެލެނިވެރިން އިހްތިޖާޖް ކުރުމުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
"މޯލްޑިވްސް ޕޮލިސް ސާވިސް: ޕަބްލިކް ޕާސެޕްޝަން ސާވޭ"
އެއީ ދިވެހި ފުލުހުންނާމެދު އާންމު ދެކޭ ގޮތް ހޯދުމަށް ކުރި ދިރާސާއެކެވެ. އެ ދިރާސާ ކުރިއަށްގެންދިޔައީ ފުލުހުންނާއި އެމްއެންޔޫ ގުޅިގެންނެވެ. އެ ދިރާސާ ޝާއިއު ކުރި ތާރީހު، ދިރާސާ ކަރުދާހުގައި ލިޔެފައެއްނުވެ އެވެ.
އެ ދިރާސާ ކުރީ ޖުމްލަ 1095 މީހުންނާ އިންޓަވިއު ކުރި އެވެ. ދިރާސާގައި ބެލި ކަންކަމުގެ ތެރޭގައި ފުލުސް އޮފީހަށް މައްސަލަ ހުށަހަޅަންދާއިރު ބިރުވެރިކަމެއް އިހްސާސްވޭތޯ އާއި ކުށުގެ ޝިކާރައަކަށްވެފައިވާ މީހުން ފުލުހުންނާމެދު އިތުބާރުކުރާ މިންވަރު ހޯދާފައިވެ އެވެ. އަދި ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުމާއި އާންމުންނަށް ފުލުހުންގެ ފަރާތުން ލިބޭ އެހީތެރިކަމުގެ މިންވަރު ވެސް ދިރާސާއިން ބަލާފައިވެ އެވެ.
އެ ދިރާސާއިން އެނގުނު ގޮތުގައި އާންމު ގޮތެއްގައި ފުލުހުންނާމެދު ރައްޔިތުން ދެކެނީ ރަނގަޅަށެވެ. ނަމަވެސް ފުލުހުން ދެކެ ޖެހިލުންވުމާއި އިތުބާރު ނުކުރެވޭތީ މައްސަލަ ހުށަނޭޅުން އެއީ މައްސަލައެއް ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
Comment