10 ޖަނަވަރީ 2022 - 20:54 0
ފާތިމަތު އަޖްފާން
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގައި ކިޔެވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
10 ޖަނަވަރީ 2022 - 20:54 0
އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ޕައިލެޓުން ތަމްރީނު ކުރުމަށްޓަކައި ހެދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ކިޔެވުން 35 ދަރިވަރަކާއެކު މިއަދު ފަށައިފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އަދި އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއިންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ނަމުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ ފްލައިން ސްކޫލުގައި މިއަދު ކިޔެވުން ފެށީ 35 ދަރިވަރުންނާއެކު އެވެ.
ފްލައިން ސްކޫލްގެ ރިފްރެޝާ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ކިޔެވުން މިއަދު ފަށާފައި ވާއިރު، އެ ޕްރޮގްރާމްގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ އުދުހުން، ކޮންމެ ހޯމަ ދުވަހަކުން ބުރާސްފަތި ދުވަހާ ހަމައަށް، މެންދުރު ފަހު 1:00 އިން އިރުއޮއްސި 6:00 އަށް ގެންދަން ވަނީ ނިންމާފަ އެވެ.
އޭވިއޭޝަން އެކެޑެމީން ބުނީ އެއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ފްލައިޓް ޓްރެއިނިން ކޯހެއް އޮންލައިންކޮށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރު ކަމަށެވެ.
އޭވިއޭޝަން އެކަޑަމީ އުފެއްދުމަށްޓަކައި ޔުނިވާސިޓީ އާއި އައިއޭއެސް އިން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހު މެދު ތެރޭގަ އެެވެ. އެ އެއްބަސްވުން ގާއިމު ކުރީ ޖޮއިންޓްވެންޗާ ކުންފުންޏެއް އުފައްދާ އަައްޑޫގެ ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށެވެެ. އަދި އެތަން ހިންގުމަށް ހަވާލުކުރަން ނިންމާފައި އޮތީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކެޑެމީއަކާ އެވެ.
އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ފްލައިން ސްކޫލް ހިންގަން ނިންމާފައިވަނީ، އެތަން ކުރިން ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ހިންގިނ ފްލައިން ސްކޫލް ފެއިލުވުމުންނެވެ.
އޭގެ ފަހުން އެވިޑު ކޮލެޖުން ވެސް ވަނީ ފްލައިން ސްކޫލު ހިންގަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް އެއްވެސް ކޮޅެއްގައި ނުޖެހި ފަހުން އެވިޑުން ވަނީ އެ މަސައްކަތް އެއްކޮށް ހުއްޓާލައިފަ އެވެ.
އޭއޭއޭގެ ދަށުން ކިޔެވުން ފެށި އެތައް އަހަރެއްވީއިރު ވެސް ކޯސް ނުނިމިފައިވާ 100 އެއްހާ ދަރިވަރުން އަދިވެސް އެބަ ތިއްބެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ މީގެ ކުރިން އާ ފްލައިން ސްކޫލުން އެންރޯލްކުރުމުގައި އެ ކުދިންނަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ.
އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫއިން ފަށާ ފްލައިން ސްކޫލުގެ އިތުރުން މަންޓާ އެއާއިން ވެސް އަންނަނީ އަންނަ އަހަރު ތެރޭ ފްލައިން ސްކޫލެއް ފެށުމަށް ތައްޔާރުވަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment