Advertisement

ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކު ހިމެނޭ ގޮތުން ހަތަރު މީހަކު ހައްޔަރުކޮށްފި

10 ޖަނަވަރީ 2022 - 16:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފުލުހުންގެ ހެޑްކުއާޓާސް: ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކު ހިމެނޭ ގޮތުން ހަތަރު މީހަކު ހައްޔަރުކޮށްފި

10 ޖަނަވަރީ 2022 - 16:00 0

ހިއުމަން ޓްރެފިކިންގެ ކުށުގެ ތުހުމަތަށް ފުލުހަކާއި އެހެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހިއުމަން ޓްރެފިކިން މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު (މި މަހުގެ ފަސް ވަނަ ދުވަހު) ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 28 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުގެ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.

އެ މީހުންގެ ތެރެއިން އެއް ދެ މީހަކު 15 ދުވަހަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި ފުލުހުންގެ މީހާ މިހާރު ހުރީ މުސާރަ ނުލިބޭ ގޮތަށް މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

އެ މީހުން ހައްޔަރުކުރީ ކޮންތަނަކުން ކަމެއް އަދި އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.