Advertisement

މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ސްޓެޕް އައްޔަ ހަައްޔަރުކޮށްފި

30 އޮގަސްޓު 2023 - 11:27 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން އިއުލާނުކޮށް ފުލުހުން އާންމު ކުރި ފޮޓޯ


މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ސްޓެޕް އައްޔަ ހަައްޔަރުކޮށްފި

30 އޮގަސްޓު 2023 - 11:27 1

މާލޭ ގެއެއްގެ ތެރޭގައި މީހަކު ހިފަހައްޓައި އަނިޔާކޮށް އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައަކާ ގުޅިގެން ކުރީގެ ފިލްމީތަރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "އަދަދު" ނޫހާ ވާހަކަ ދައްކަމުން ދާޅުވީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް މި އޮގަސްޓު 4، ގައި ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 43 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މި ނޫހަށް ޔަގީންވެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުުހުން ހައްޔަރުކުރީ ސްޓެޕް އައްޔަ އެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި މަޖީދީމަގު ޖީކޭޓީ ފާމަސީ ކައިރިންނެވެ.

ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ސްޓެޕް އައްޔަ ހޯދަން ފުލުހުން މީގެ ދެހަފްތާ ކުރިންވެސް އިއުލާނުކުރި އެވެ. ފުލުުހުން އޭރު ބުނީ އޭނާ ހޯދަމުންދަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.