Advertisement

ފްރާންސްގައި ބޯބުރިއެއް ދަބަހަކަށް ލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

8 ޖަނަވަރީ 2022 - 11:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްރާންސްގެ ފުލުހެއް. ބޯބުރި ހިފައިގެން އުޅުނު މީހާ ފުލުހުން ކައިރިއަށް ދިޔައީ އަމިއްލަ އަށް. -- ފޮޓޯ: ހަލީޖް ޓައިމްސް


ފްރާންސްގައި ބޯބުރިއެއް ދަބަހަކަށް ލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

8 ޖަނަވަރީ 2022 - 11:51 0

ނީސް، ފްރާންސް (ޖެނުއަރީ 7) - ފްރާންސްގައި މީހެއްގެ ބޯބުރި އާއި އެހެން ގުނަވަނެއް ދަބަހަކަށް ލައިގެން އުޅުނު މީހަކު އަމިއްލަ އަށް ފުލުހުންގެ ސްޓޭޝަނަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ހުކުރު ދުވަހު އެ މީހާ ދިޔައީ ފްރާންސްގެ ދެކުނުގައި މެޑިޓެރޭނިއަން އައްސޭރިފަށުގައި ހުންނަ ފުލުހުންގެ ސްޓޭޝަނަކަށެވެ.

"އެހެން މީހެއްގެ ބޯބުރިކޮށްލުމަށް ފަހު މީހަކު ވަނީ ފްރެޖަސްގައި ހުންނަ ފުލުހުންގެ ސްޓޭޝަނަށް އަމިއްލަ އަށް ހާޒިރުވެފައި،" އެ ސަރަހައްދުގެ ފުލުހުން ބުންޏެވެ.

އެ މައްސަލަ ބަލަމުންދާ ފުލުހުން އޭއެފްޕީ އަށް ބުނީ ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ދަބަހުގައި ގެންގުޅުނު ބޯބުރި ދެއްކުމާ އެކު ވަގުތުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކުރި ފިރިހެން މީހާ އަކީ މީގެ ކުރިން ބައެއް ކުދި ކުށްތަކުގެ ރިކޯޑް އޮތް މީހެކެވެ. އެ މީހާ އަންނަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންނެވެ.

އޭނާ ދިރިއުޅުނު ކަމަށް ބުނި ފްލެޓަށް ގޮސް ފުލުހުން ބެލި ބެލުމުން ވަނީ މީހެއްގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށްފައި ހުއްޓާ ފެނިފަ އެވެ.