Advertisement

ބެޑްމިންޓަން ޖޫނިއާ ގައުމީ ޕޫލުގެ ކޭމްޕެއް ހޮޅުދޫގައި

7 ޖަނަވަރީ 2022 - 09:49 0

ހޮޅުދުއަށް ދިއުމުގެ ކުރިން ބީއޭއެމް ޖޫނިއާ ގައުމީ ބެޑްމިންޓަން ޕޫލްގެ ކުުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ބީއޭއެމްގެ ރައީސް މޫސާ ނާޝިދު --- ފޮޓޯ: ބީއޭއެމް


ބެޑްމިންޓަން ޖޫނިއާ ގައުމީ ޕޫލުގެ ކޭމްޕެއް ހޮޅުދޫގައި

7 ޖަނަވަރީ 2022 - 09:49 0

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ގައުމީ ޖޫނިއާ ބެޑްމިންޓަން ޕޫލާއި ނ. ހޮޅުދޫގެ ޕޫލް އެކުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕެއް އިއްޔެ ހޮޅުދޫ ޓްރެއިނިން ސެންޓަރުގައި ފަށައިފި އެވެ.

ބެޑްމިންޓަން ކުރިއެރުވުމަށް، ބީއޭއެމުން ގިނަ އަހަރުތަކެއް ވަންދެން ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ހިންގި ރަށްތަކުގެ ތެރޭގައި ހޮޅުދޫ ހިމެނެ އެވެ. ހޮޅުދޫ އަކީ އަތޮޅު ލެވަލަށް ބަލާއިރު، ބެޑްމިންޓަންގެ ފޯރިގަދަ ރަށެކެވެ. ގައުމީ ލެވަލަށް ގިނަ ކުޅުންތެރިން ނެރެދޭން ގިނަ މަސައްކަތްތަކެއް ކޮށް، ގައުމީ މުބާރާތާއި އަތޮޅު ލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ހިމެނޭ ރަށެކެވެ.

ގައުމީ ބެޑްމިންޓަން ޖޫނިއާ ޕޫލާއި ހޮޅުދޫގެ ޕޫލް އަންނަ އަންގާރަ ދުވަހާ ހަމައަށް ހޮޅުދޫގައި ކުރިއަށްގެންދާ ކޭމްްޕްގައި ހޮޅުދޫ ޕޫލާއި ގައުމީ ޖޫނިއާ ޕޫލުގެ ކޯޗުން އެކުގައި މުހިންމު މަސައްކަތްތަކެއް ކުރާނެ އެވެ.

ހޮޅުދޫގައި މި ޓްރެއިނިން ކޭމްޕްގެ ތެރެއިން ކޯޗުން އަޕްގްރޭޑް ކުރުމުގެ ސެޝަންތަކެއް ހިންގަން ނިންމާފައިވާއިރު، މި ބައިގައި ޖުމްލަ 15 ކޯޗުން ބައިވެރިވާނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މި ޓްރެއިނިން ކޭމްޕްގައި ޖޫނިއާ ޕޫލުގެ ކުޅުންތެރިންގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވެ، އެހީތެރިވެދޭތީ އެކަމާ އުފާކުރާ ކަމަށެވެ.

ޓްރެއިނިން ކޭމްޕްގެ ތެރެއިން ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ކޯޓުގަޔާއި އާންމު ދިރިއުޅުމުގައި އެތުލީޓެއްގެ ސިފައިގައި ކުރިއަށް ދިއުމުގެ ކަންކަން ކުޅުންތެރިންނަށް އުނގަންނައިދޭނެ އެވެ. އެކަމަށް ހާއްސަކޮށްގެން ލައިފް ސްކިލްސް ލެސަން އާއި ސެލްފް ޑިވެލޮޕްމަންޓާ ބެހޭ މުހިންމު ކަންތައްތަކެއް ކިޔައިދޭ ގޮތަށް ވަނީ ރޭވިފަ އެވެ.

ބީއޭއެމުން ދާދި ފަހުން ބޭއްވި މިކްސް ޗެމްޕިއަންޝިޕްގައި ވަނީ ގައުމީ ޖޫނިއާ ޕޫލް ބައިވެރިކޮށްފަ އެވެ. އެއީ ވާދަވެރި މެޗުތަކެއް ދީގެން އެ ކުޅުންތެރިން ރަނގަޅަށް ޓްރެއިން ކުރުމުގެ ވިސްނުމަށް ބަލާއިރު، ރަނގަޅު ފިޔަވަޅެކެވެ.