Advertisement

ރާޝިދުގެ ކެމްޕޭން ލޯންޗިން ޖަލްސާއަށް ރައީސް ކޮމަންޑޫއަށް ވަޑައިގަންނަވަނީ

4 ޖަނަވަރީ 2022 - 20:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ސޯލިހު ލޯންޗަކަށް އަރުއްވަނީ: ކޮމަންޑޫއަށް ދަތުރު ކުރައްވާނީ އަންނަ ހުކުރު ދުވަހު -- ފޮޓޯ: އަދަދު ފައިލް


ރާޝިދުގެ ކެމްޕޭން ލޯންޗިން ޖަލްސާއަށް ރައީސް ކޮމަންޑޫއަށް ވަޑައިގަންނަވަނީ

4 ޖަނަވަރީ 2022 - 20:27 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑޫއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެމަނިކުފާނު ކޮމަންޑޫއަށް ވަޑައިގަންނަވާނީ މި މަހުގެ ހަތްވަނަ ދުވަހެވެ. ރާޝިދުގެ ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާ އެރޭ 08:30 ގައި ކޮމަންޑޫ އެމްޑީޕީ ހަރުގަ ކުރިމަތީގައި އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިހާބުގައި ރާޝިދަށް ލިބުނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ދެވަނަ ނަމްބަރު ލިބުނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު، މޫސާ ފަތުހީއަށެވެ. ތިންވަނަ ކެންޑިޑޭޓަކީ މިދިޔަ އަހަރު ތެރޭގައި އުފެއްދި އެމްއެންޕީގެ އަބްދުލް ހަންނާނު އިދުރީސް އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.