Advertisement

ވިމެންސް އިންވިޓޭޝަން ކަޕް: ކުރެންދޫ އެއް ވަނައިގައި

29 ޑިސެންބަރު 2021 - 13:05 0


ވިމެންސް އިންވިޓޭޝަން ކަޕް: ކުރެންދޫ އެއް ވަނައިގައި

29 ޑިސެންބަރު 2021 - 13:05 0

ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ކުރެންދޫ އެފްސީ މުބާރާތުގެ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

ކުރެންދޫގެ އިތުރުން ދެން މި މުބާރާތުގައި ކުޅެނީ އެޕެކްސް ސްޕޯޓްސް ކްލަބް، ޑޮޓް ކޮމް ސްޕޯޓްސް ކްލަބް، އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ ސްޕޯޓްސް ކްލަބް އެވެ. މުބާރާތުގައި ޖުމްލަ އެއްކޮށް މިހާތަނަށް ވަނީ ހަތަރު މެޗެއް ކުޅެފަ އެވެ.

ކުރެންދޫ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޮޓްކޮމް އެ މަގާމުގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެޕެކްސް އަށް ވެސް ވަނީ އެއް މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އައިޑިއަލް މޫވްމަންޓާއި ފުލުގައި އޮތް ބަޒޫކާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ނައިފަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކުރެންދޫ އިން ވަނީ 3-1 އިން ބަޒޫކާ ބަލިކޮށްފަ އެވެ. މި މެޗުގައި ކުރެންދޫގެ ފާތިމަތު ޝުއާއު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ މަރިޔަމް ސޮބާ އެވެ. ބަޒޫކާގެ ހަމައެކަނި ގޯލު ޖެހީ ޝާފިއަތު މޫސާ އެވެ.

އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ވެސް ބާއްވަން ނިންމައިފަ އެވެ. އަދި. މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެ އެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ނައިފަރުގައި ކުރިއަށްދާ އިންވިޓޭޝަން ކަޕްގެ ބައިގައި އެންމެ ފުރަތަމަ ހަ ޓީމެއް ބައިވެރިވި އެވެ. އެކަމަކު، ފަހު ވަގުތު ހިންނަވަރު ޓީމު މުބާރާތުން ވަކިވީ އެ ރަށުގައި ކޮވިޑްގެ ހާލަތު އޭރު ގޯސްވުމުންނެވެ. ފަސް ޓީމުގެ މެދުގައި އަންނަ މަހު ފަސް ވަނަ ދުވަހާ ހަމައަށް ލީގު ބުރު ކުޅޭނެ އެވެ. އެ އަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނީ އަންނަ މަހު އަށް ވަނަ ދުވަހު އެވެ.