Advertisement

އަންނަ ބުރާސްފަތި ދުވަހު އެމްއައިބީ ބަންދު، ހުޅުވާނީ ޖަނަވަރީ 2 ގައި

24 ޑިސެންބަރު 2021 - 20:05 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެއިން ބްރާންޗު: ޑިސެމްބަރު 30 އިން ފެށިގެން ޖަނަވަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ބްރާންޗުތައް ބަންދުވާނެ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އަންނަ ބުރާސްފަތި ދުވަހު އެމްއައިބީ ބަންދު، ހުޅުވާނީ ޖަނަވަރީ 2 ގައި

24 ޑިސެންބަރު 2021 - 20:05 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗުތަކުގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ބަންދު ވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އަހަރު ނިމުމާއި އާ އަހަރުގެ ބަންދާ ދިމާކޮށް، ބުރާސްފަތި ދުވަސް ބަންދު ކުރާއިރު، ވިދިގެން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހަކީ އާންމުކޮށް ބޭންކު ބަންދު ދެ ދުވަހެވެ.

އެހެންވެ، އެމްއައިބީގެ ހުރިހާ ބްރާންޗުތަކެއްގެ ހިދުމަތް ބުރާސްފަތި ދުވަހުން ފެށިގެން، ޖަނަވަރީ އެކެއްވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަންދު ވުމަށް ފަހު ހުޅުވާނީ އާ އަހަރާއެކު، ޖަނަވަރީ ދޭއްވާ އާދީއްތަ ދުވަހެވެ.

އެމްއައިބީގެ ބްރާންޗުތައް ބަންދު ކުރި ނަމަވެސް، ބޭންކިންގެ ހިދުމަތްތައް އޭޓީއެމްތައް މެދުވެރިކޮށް އަދި މޯބައިލް އެޕުން ލިބޭނެ އެވެ. އަދި ބޭންކުގެ ހިދުމަތްތަކަށް "އެޕްލައިނައު" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

އެޕްލައިނައު ޕޯޓަލް

އެމްއައިބީގެ އެޕްލައިނައު ޕޯޓަލް މެދުވެރިކޮށް އުޖާލާ ދިރިއުޅުން ފޯމު، މައުލޫމާތު އަޕްޑޭޑް ކުރާ ފޯމު، ވިސާ ކާޑު ފޯމު، އިންޓަނެޓް ބޭންކިން ފޯމު، އުޖާލާ ކޯޓޭޝަން ހުށަހެޅުން ފަދަ ހިދުމަތްތަށް ލިބޭނެ އެވެ.

އެމްއައިބީގެ ފަސް އޭޓީއެމްއެއް މާލޭގައި، ދެ އޭޓީއެމްއެއް ހުޅުމާލޭގައި ހުރިއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުގެ އިތުރުން ފަސް ރަށެއްގައި ވެސް އެ ބޭންކުގެ އޭޓީއެމް އެބަ ހުއްޓެވެ.

އޭޓީއެމްތައް

  • ހެޑް އޮފީސް އޭޓީއެމް
  • ފާމުދޭރިގެ ސާވިސް ސެންޓަރު
  • އަމީނީމަގު އޭޓީއެމް
  • މަޖީދީމަގު އޭޓީއެމް
  • އައިޖީއެމްއެޗް އޭޓީއެމް
  • ހުޅުމާލެ ސެންޓްރޯ މޯލް އޭޓީއެމް
  • ހުޅުމާލެ ރަށު މާރުކޭޓް އޭޓީއެމް
  • ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯރޓު އޭޓީއެމް
  • އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، ފުވައްމުލައް، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށީގައި ވެސް އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ލިބެ އެވެ.

އެމްއައިބީގެ އޭޓީއެމްއަކުން މީހަކު ހިދުމަތް ހޯދަނީ -- ފޮޓޯ: ހުސައިން ވަހީދު/އަދަދު


އޭޓީއެމްއިން ލިބޭ ހިދުމަތްތައް

އެމްއައިބީގެ އޭޓީއެމްތަކުން ކޮންމެ މީހަކަށް ވެސް ދުވާލަކަށް 20،000ރ. ނެގޭނެ އެވެ. ފައިސާ ޖަމާކުރެވޭ އޭޓީއެމްތަކުން ދުވާލަކު ގިނަވެގެން 200،000ރ. ޖަމާކުރެވެ އެވެ. ޗެކު ވެސް ޖަމާކުރެވޭނެ އެވެ. ކާޑު ބޭނުންކޮށްގެން، ކާޑު ބޭނުން ނުކޮށް ވެސް ފައިސާ އާއި ޗެކު ޖަމާކުރެވޭނެ އެވެ.

ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، އެންމެ ފަހުގެ 10 މުއާމަލާތުގެ ތަފުސީލު ބަލައިލް އޭޓީއެމްތަކުން ބަލައިލެވި، މިނީ ސްޓޭޓްމެޓް ވެސް ޕްރިންޓް ކޮށްލެވޭނެ އެވެ. އޭޓީއެމް މެދުވެރިކޮށް ކޭޝް ކާޑުގެ ޕިން ނަންބަރު ވެސް ބަދަލު ކުރެވޭނެ އެވެ.