Advertisement

މިއީ އެންމެ ކުޑަ އުޖޫރަ އަށް އެންމެ ރަނގަޅު ވަގުތު، ހެޔޮ ބަދަލުތަކެއް އަންނާނެ: ބަންދު ސަލީމް

23 ޑިސެންބަރު 2021 - 08:17 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ބަންދު އިބްރާހިމް ސަލީމް: މިހާރު ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައިން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި


މިއީ އެންމެ ކުޑަ އުޖޫރަ އަށް އެންމެ ރަނގަޅު ވަގުތު، ހެޔޮ ބަދަލުތަކެއް އަންނާނެ: ބަންދު ސަލީމް

23 ޑިސެންބަރު 2021 - 08:17 0

މިއީ އެންމެ ކުޑަ އުޖޫރަ ތަންފީޒު ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށާއި އެކަމުގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު، އިބްރާހިމް ސަލީމް (ބަންދު ސަލީމް) ވިދާޅުވެއްޖެ އެވެ.

"މިއީ ރަނގަޅު ފިޔަވަޅެއް، ރަނގަޅު މިސްރާބަށް އަޅާ، ވަގުތުގެ ގޮތުން ބަލާއިރު ވެސް ރަނގަޅު، ކޮވިޑަށް ފަހު ވަކި މިއަށްވުރެ ރަނގަޅު ވަގުތެއް ނޯންނާނެ، އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް މިކަން އެހީވާނެ،" އެންމެ ކުޑަ އުޖޫރަ އާ ގުޅޭ ގޮތުން "މޯލްޑިވްސް އިކޮނޮމިކް ރިވިއު" އިން އަންގާރަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަންގަ ބަންދު ސަލީމް ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކުން މަހަކަށް 4،500ރ.، މެދު ފަންތީގެ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އެވެ.

އެމްޓީސީސީ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބަންދު ސަލީމް ވިދާޅުވީ، ގާނޫނަކުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެއަށް އަމަލުކުރުމަކީ ހުރިހާ ފަރާތްތަކަށް ވެސް ލާޒިމުވާނެ، އެކަމުގެ ފައިދާ ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ ކަމެއް ކަމަށެވެ.

އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބަންދު އިބްރާހިމް ސަލީމް (ވ) ގައި. --ފޮޓޯ: އަހުމަދު ސައީދު / އަދަދު


"ބައެއް ރިސޯޓަތަކަށް ކޭސްފްލޯގެ ސީރިއަށް މައްސަލަތަކެއް ކުރިމަތިވެދާނެ ފުރަތަމަ ފަށާއިރު، އެކަން މެނޭޖު ކުރެވޭނެ، އޮފް ސީޒަންގައި ވެސް އުނދަގޫވާނެ،" އެންމެ ކުޑަ އުޖޫރައިން ރިސޯޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، އޭނާ ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރައާ އެކު ކަންތައްތަކެއް ބަދަލުވެގެން ހިނގައިދާނެކަން ބަންދު ފާހަގަ ކުރެއްވި އެވެ. އެގޮތުން، ރިސޯޓު ތަކުގައި ވަޒީފާ އަދާކުރި ނަމަވެސް، މުވައްޒަފުންނަކީ ވަކި އެޖެންސީ އަކާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާ އެ އެޖެންސީއެއްގެ މުވައްޒަފުނަށް ވެގެން ހިނގައިދާނެ ކަމަށް ބަންދު ވިދާޅުވި އެވެ.

ރިސޯޓް ތަކުން ފާށާނެ ލޭބަރުން އައުޓްސޯސްކުރަން އެޖެންސީ ތަކަށް، ރިސޯޓަ ތަކުގައި ތިބޭނީ ކޮންމެ ވެސް އެޖެންސީ އެއްގެ މުވައްޒަފުން، ރިސޯޓްތަކުން ބުނާނެ މުވައްޒަފުނާ އަހަރެމެން ގުޅުމެއް ނެތޭ،" ތަފާތު ވިޔަފާރިތަކުގައި މިހާރު ވެސް ޑިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބަންދު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ކުޑަ އުޖޫރަ އާ ގުޅިގެން ވެސް ހިދުމަތްތަކަށް ބަދަލު އަންނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މުވައްޒަފުން މަދުން ބޭނުންވާނެ އޮޓަމޭޑެޑް އަދި އާޓިފިޝަލް އިންޓެލިޖެސް ހިދުމަތްތަކަށް ރިސޯޓު އޯނަރުން އިންވެސްޓު ކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޕެނަލްގައި ބައިވެރިވެވަޑައިގަތް، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން ރިޔާޒު މަންސޫރު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ އަކީ ވަޒީފާ އަދާކުރާ ފަރާތަށް ލިބިދޭ ހައްގެއް ކަމަށާއި ވަޒީފާ އާއި މުސާރަ އާ ގުޅޭ ކަންކަމުގެ ހައްލު ނޫން ކަމަށެވެ.