Advertisement

ސްޓެލްކޯގެ ކަސްޓަމަރުންނަށް 5,000ރ. އިންވެސްޓް ކޮށްގެން ކަރަންޓު ބިލު ކުޑަކުރެވިދާނެ!

21 ޑިސެންބަރު 2021 - 13:40 2

ސްޓެލްކޯގެ މުވައްޒަފަކު ފުރާޅެއްގައި ސޯލާ ޕެނަލް ހަރުކުރަނީ: ސްޓެލްކޭގެ ކޮންމެ ކަސްޓަމަރަކަށް ވެސް ސޯލާ ޕެނަލްއަށް އިންވެސްޓް ކުރެވިދާނެ-- ފޮޓޯ/ ސްޓެލްކޯ


ސްޓެލްކޯގެ ކަސްޓަމަރުންނަށް 5,000ރ. އިންވެސްޓް ކޮށްގެން ކަރަންޓު ބިލު ކުޑަކުރެވިދާނެ!

21 ޑިސެންބަރު 2021 - 13:40 2

ކަރަންޓް ބިލު ދާއިމީ ކޮށް ކުޑަވެގެން ދިއުމަކީ ޖީބަށް ވާނެ ވަރަށް ބޮޑު ލުޔެކެވެ. ސްޓޭޓް އިލެކްޓްރިކް ކޮމެޕެނީ (ސްޓެލްކޯ)ގެ ހިދުމަތް ހޯދާ ކޮންމެ ކަސްޓަމަރަކަށް ވެސް، ފަސް ހާސް ރުފިޔާ އިންވެސްޓް ކޮށްގެން ކަރަންޓު ބިލުން މަހަކު 637ރ. ސަލާމަތް ކުރުމުގެ ފުސަތު އެބަ އޮތެވެ.

"ގްރީން ލައިފް އިނީސިއޭޓިވް" އަކީ ސްޓެލްކޯ އިން އިޔާދަ ކުރަނިވި ހަކަތަ އަށް އިސްކަން ދިނުމަށް ހިނގާ ކެމްޕޭނެކެވެ. ދިރިއުޅުމުގެ ތެރެއަށް އިޔާދަ ކުރަނިވި ހަކަތަ ގެނެސްދިނުމަށް އަވިން ކަރަންޓު އުފެއްދޭނެ ހައްލެއް ސްޓެލްކޯ އިން އަމިއްލަ އަށް ޑިޒައިންކޮށް ފޯރުކޮށްދެ އެވެ. މީގެ ހަތަރު ޕެނަލް ހިމެނޭ ސިސްޓަމެއްގެ އަގަކީ 30،000ރ. އެވެ. އެންމެ ފަސް ހާސް ރުފިޔާ ދެއްކުމަށް ފަހު، ދެން މަހަކަށް ޖެހޭވަރު ކަރަންޓު ބިލުގައި ހިމެނިގެން ކެނޑެމުން ދާގޮތަށް ތިން އިންސްޓޯލްމަންޓް ޕްލޭނެއް ސްޓެލްކޯ އިން ވަނީ ތައާރަފުކޮށްފަ އެވެ.

ޕްލޭން 1

  • ތިން އަހަރުގެ ޕްލޭން.
  • ޑައުން ޕޭމަންޓް: 5،000ރ.
  • މަހަކަށް ޖެހޭނީ 881.94ރ.
  • ކަރަންޓް ބިލުން މަހަކު 637ރ. ސަލާމަތް ކުރެވޭނެ.

ޕްލޭން 2

  • ފަސް އަހަރުގެ ޕްލޭން.
  • ޑައުން ޕޭމަންޓް: 5،000ރ.
  • މަހަކަށް ޖެހޭނީ 604.17ރ.
  • ކަރަންޓް ބިލުން މަހަކު 637ރ. ސަލާމަތް ކުރެވޭނެ.

ޕްލޭން 3

  • ފަސް އަހަރުގެ ޕްލޭން
  • ޑައުން ޕޭމަންޓް: 5،000ރ.
  • މަހަކަށް ޖެހޭނީ 487.12ރ.
  • ކަރަންޓް ބިލުން މަހަކު 637ރ. ސަލާމަތް ކުރެވޭނެ.

ސޯލާ ޕެނަލް ހަރުކުރުމަށް އެދި ސްޓެލްކޯ ގެ ސޯލާ ސެންޓާ އަށް ހުށަހެޅުމުން އެކަމަށް ބޭނުންވާ ސާވޭކޮށް ޕެނަލް ހަރުކޮށްދީ ގެގޭ ކަރަންޓު ވިއުގަ އާ ގުޅާ ދޭނީ ސްޓެލްކޯ އިންނެވެ. އަދި އަވިން ކަރަންޓު އުފެއްދޭވަރު އަމިއްލަ އަށް ބަލާލެވޭނެ އެޕްލިކޭޝަނެއް ވެސް ސްޓެލްކޯ އިން ފޯރުކޮށްދޭނެ އެވެ.

ސްޓެލްކޯ އިން އިމާރާތެއްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލެއް-- ފޮޓޯ/ ސްޓެލްކޯ


ޝަރުތުތަކަކީ ކޮބާ؟

  1. ގޭގެ ވެރިފަރާތަށް ވުން، ނުވަތަ ވެރިފަރާތުގެ ހުއްދަ ލިބިފައިވުން.
  2. ފުރާލުގައި މަދުވެގެން 100 އަކަފޫޓުގެ ޖާގަ އޮތުން.
  3. އިރުގެ އަލި ސީދާ ލިބޭ ފުރާޅަކަށްވުން.
  4. 140 ކިލޯގެ ބަރު ހިފޭވަރުގެ ފުރާޅަކަށް ވުން.

މާލެ އާ މާލެ ކަރި ތިން އަތޮޅުގެ 35 ރަށަކަށް ސްޓެލްކޯ އިން ކަރަންޓު ހިދުމަތް ދެމުން ގެންދާއިރު، އެއިން ކޮންމެ ރަށަކުން ވެސް މި ހިދުމަތަށް ހުށަޙެޅޭނެ އެވެ. މި ޕެކޭޖުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް އަވިން ކަރަންޓް އުފައްދަން ބޭނުންވާ ނަމަ އެކަމަށް ވެސް ސްޓެލްކޯ އިން މަގުފަހި ކޮށްދޭނެ އެވެ.