Advertisement

ޓީޖެޓީއާ ހަވާލުވާން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ

20 ޑިސެންބަރު 2021 - 11:15 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވުމަށް އެ ސަރަހައްދުގައި ހަރަކާތްރިވަނީ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ޓީޖެޓީއާ ހަވާލުވާން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ

20 ޑިސެންބަރު 2021 - 11:15 0

މޯލްޑިވްސް ޕޯސްޓް ލިމިޓެޓް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ ހަވާލުކުރަން ދިން މުއްދަަތު ހަވަމުމުން ސިޓީ ކައުންސިލުން އެތަނާ ހަވާލުވުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުންގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާގައި ފާސްކޮށްފައި ވަނީ އެމްޕީއަލްއަށް ދީފައިވާ 97 ދުވަހުގެ މުއްދަތު ތެރޭގައި ޓީޖެޓީ، މާލެ ސިޓީ ކައުންސިލާ ހަވާލު ނުކޮށްފިނަމަ، އެ ޖެޓީ ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށެވެ.

އެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ޓީޖެޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް ހަމަވެފައިވާތީ ޓީޖެޓީއާ ސިޓީ ކައުންސިލުން ހަވާލުވުމަށް އެ ސަރަހައްދުގައި ހަރަކާތެރިވަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ މިހާރު އެމްޕީއެމްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ, އަނެއްކާ ވެސް ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރުގައި ހަތަރު ފަހަރަށް އެދެފައިވާ ކަމަށެވެ. ނަމަވެސް އެތަން ދިނުމަށް ރައީސް އޮފީހުން އުޒުރުވެރިވި ކަމަށް މޭޔަރު ވަނީ ދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދައިފައިވާ އެގްރީމެންޓުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންކަމުން ގާނޫނީ ގޮތުން މިހާރު އެއީ ކައުންސިލްގެ ތަނެއް ނަމަވެސް، އެތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"އެމްޕީއެލާ ރައީސް އޮފީހުގަ އެދުނީ ޓީޖެޓީ އަލުން ކުރީގެ ގޮތަށް ސިޓީ ކައުންސިލަށް ހަވާލުކޮށްދިނުމަށް. އެއީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ދިނުމަށް. އެތަނުން ލިބޭ އާމްދަނީން ސިޓީ ކައުންސިލުން ވަރަށް ގިނަ ކަންކަން ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ މަހަކު ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް އެއީ. އެ ހުރިހާ ފައިސާއެއް ލިބެނީ އެމްޕީއެލް އަށް. އެ ފައިސާ ލިބިއްޖެ ނަމަ ބޭނުން ކުރެވޭނެ ކުނި މެނޭޖު ކުރުން ފަދަ އާމްދަނީ އިތުރުކުރަން ބޭނުންވާ ކަންކަންކަށް،"

ސިޓީ ކައުންސިލަށް ނުދޭން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް މާލޭ ރައްޔިތުންގެ ލާބަޔާއި މަންފާއާ ދެކޮޅަށް ނިންމެވި ނިންމުމެއް ކަމަށް ސިފަކުރައްވައި މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.