Advertisement

13 ގަޑިއިރު ފަހުން ފީވަކަށް ކަރަންޓު ލިބިއްޖެ

19 ޑިސެންބަރު 2021 - 10:37 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ށ. ފީވައް: އެ ރަށަށް ކަރަންޓު ލިބިފައި ވަނީ 13 ގަޑިއިރު ފަހުން - ފޮޓޯ:އަދަދު


13 ގަޑިއިރު ފަހުން ފީވަކަށް ކަރަންޓު ލިބިއްޖެ

19 ޑިސެންބަރު 2021 - 10:37 0

ތޭރަ ގަޑިއިރަށްފަހު ށ.ފީވަކަށް ކަރަންޓު ލިބިއްޖެ އެވެ.

ފީވަކުން ކަރަންޓު ކެނޑުނީ އިއްޔެ ހަވީރު 4:30 ހާއިރު އެވެ. މުޅި ރޭ ވެސް އެ ރަށު ރައްޔިތުން ހޭދަކުރީ ކަރަންޓާ ނުލަ އެވެ.

ކަރަންޓު ކެނޑުނީ ޖަނަރޭޓަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވި ގޮތުގައި ކަރަންޓު އަލުން ލިބުނީ މިއަދު ފަތިހު ފަހެއްޖެހި ފަހުންނެވެ.

ކަރަންޓާ ނުލާ ގާތްގަނޑަކަށް 13 ގަޑިއިރު އެ ރަށު ރައްޔިތުން ހޭދަކުރުމަށްފަހު ކަރަންޓު އަނބުރާ ލިބިފައިވަނީ ޖެނެރޭޓަރަށް ޖެހުނު މައްސަލަ ހައްލު ކުރެވުމުންނެވެ.

މައްސަލަ ހައްލު ކުރުމަށްޓަކައި ޖެނެރޭޓަރަށް ބޭނުންވާ ބައެއް ތަކެތި ރ އަތޮޅުން ގެންނަން ޖެހުމާ ގުޅިގެން މަސައްކަތް ލަސްވީ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އެ ރަށުގައި ހުންނަނީ އެންމެ ޖެނެރޭޓަރެއް ކަމަށާއި މި މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ އެހެން ޖެނެރޭޓަރެއް ލިބުމުން ކަމަށް ރަޝީދު މައުލޫމާތު ދެއްވި އެވެ.

އަންނަ އަހަރުގެ ތެރޭގައި އެހެން ޖެނެރޭޓަރެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.