Advertisement

ފީވަކުގައި ކަރަންޓު ނެތި، ކަނު އަނދިރީގައި

19 ޑިސެންބަރު 2021 - 00:30 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ށ. ފީވަކުގައި ކަރަންޓުނެތި މަގުތައް އަނދިރިކޮށް: އެ ރަށަށް ކަރަންޓު ލިބޭނެ އިރެއް ނޭނގޭ ކަމަށް ކައުންސިލުން ބުނޭ--


ފީވަކުގައި ކަރަންޓު ނެތި، ކަނު އަނދިރީގައި

19 ޑިސެންބަރު 2021 - 00:30 0

ށ. ފީވަކު ރައްޔިތުން ކަރަންޓު ނެތި ދިރިއުޅޭތާ ހަތް ގަޑިއިރަށްވުރެ ގިނައިރުވެއްޖެ އެވެ.

"އަދަދު" އަށް މައުލޫމާތުދެމުން ފީވަކު ރައްޔިތަކު ބުނީ އެ ރަށު އިންޖީނުގޭގައި އެއް ޖަނަރޭޓަރު ބޭނުން ކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މިއަދު އެ ރަށުން ކަރަންޓު ގެނޑިފައި ވަނީ ހަވީރު 4:30 ހާއިރު އެވެ.

އަދި ކަރަންޓު ލިބޭނެ ވަގުތެއް ވެސް ނޭނގޭ ކަމަށް ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެ ރަށަށް ފަނަކާގެ ޓެކްނިކަލް ޓީމެއް ގޮސްފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"މިހާރު އެ ޓީމުން ގެންދަނީ މަސައްކަތް ކުރަމުން. ރ. އަތޮޅުން ގެންނަން ޖެހެނީ ޖެނެރޭޓަރަށް ބޭނުންވާ އެއްޗެއް. އެ ލިބޭނެ ކަމަށް މި ބަލަނީ ދެ ގަޑިއިރު ތެރޭ،"

ފީވަކުގައި ކަރަންޓުނެތި މަގުތައް އަނދިރިކޮށް--


އެ ލިބުނު ނަމަވެސް ރަށަަށް ކަރަންޓު ލިބޭނެ ކަން ޔަގީން ނުވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެހެން މިހާރު މަސައްކަތް ކުރަމުން ދަނީ އާ ޖަނަރޭޓަރެއް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދައްކާލި އެހެން ރައްޔިތަކު ބުނި ގޮތުގައި ކަރަންޓް ކެނޑިފައި ވަނީ އިންޖީނުތަކަށް މައްސަލަތައް ދިމާވެ، ހައްލު ކުރަން ނޭނގުމުގެ ސަބަބުންނެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.