Advertisement

މެރިން އެކްސްޕޯ: އާންމުންނާ ގުޅޭ ސްޓޯލްތައް ވެސް އެބަހުރި

15 ޑިސެންބަރު 2021 - 13:57 0

ހުޅުމާލެ

މޯލްޑިވްސް މެރިން އެކްސްޕޯ 2021 ގެ ސްޓޯލެއް: އާންމުނާ ގުޅުން ހުރި ސްޓޯލްތައް ވެސް އެބަހުރި -- އަދަދު ފޮޓޯ


މެރިން އެކްސްޕޯ: އާންމުންނާ ގުޅޭ ސްޓޯލްތައް ވެސް އެބަހުރި

15 ޑިސެންބަރު 2021 - 13:57 0

ހުޅުމާލެ

ހުޅުމާލެ ސެންޓްރަލް ޕާކުގަ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކުރިއަށް ގެންދާ މޯލްޑިވްސް މެރިން އެކްސްޕޯ 2021 ގެ، މިއަދަކީ އެންމެ ފަހު ދުވަހެވެ.

އެކްސްޕޯގެ އޮގަނައިޒަ، މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވީ މިއަދަކީ އެކްސްޕޯގެ އެންމެ ފަހު ދުވަސް ކަމުން ވިހާ ގިނަ ބަޔަކު އެކްސްޕޯ އަށް ޒިޔާރަތް ކުރުމަށް އެދޭ ކަމަށެެވެ.

"ކުޑަކުދިން ވެސް ބޮޑެތި މީހުން ވެސް މިއަދު ހަމަ އެކްސްޕޯ އަށް އަންނަން ވީ، ބޯޓުފަހަރުގަ އުޅޭ ފަރާތްތަކަށް ވެސް ވަރަށް މުހިންމު، އެކްސްޕޯ ބަލާލުން،" ޝާމް ވިދާޅުވި އެވެ.

އެކްސްޕޯގެ އެންމެ ފަހު ދުވަސް އާންމުނަން ހާއްސަ ކޮށްފަވާއިރު، އާންމުނާ ގުޅުންހުރި ވަރަށް ގިނަ ސްޓޯލްތައް ފެއާގަ އެބަހުއްޓެވެ. ވަޒީފާ ހޯދަން ބޭނުންވާ މީހަކަށް އެ މައުލޫމާތާއި ޑައިވްސްކުރަން ޝައުގުވެރިކަން ހުންނަ މީހަކަށް އެކަމުގަ ކުރިއަށް ދެވޭނެ އެންމެ ރަނގަޅު ގޮތް އެކްސްޕޯ އިން ސާފުވާނެ އެވެ. އެކްސްޕޯގެ ބައެއް ސްޓޯލް ތަކުން އާންމުންނާ ގުޅުންހުރި ބާވަތްތައް ވިއްކަން ވެސް ވިއްކަ އެވެ. ހާއްސަކޮށް 'މެރިން ފުޑް' ބައިން، މަހުގެ އުފެއްދުން ތަކަކީ ކޮންމެ ބޭފުޅަކާ ގުޅޭނެ އުފެއްދުން ތަކެކެވެ.

އެކްސްޕޯގަ ބޯޓް ބިލްޑަރުންނާއި ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރި ތަކާއި، ބޯޓު ތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުންނާއި ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތަކާއި ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ގުޅުންހުރި ވިޔަފާރިތައް ބައިވެރިވެ އެވެ.

މި ފަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. ކޯސްޕޮންސަރުންނަކީ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.