Advertisement

އޮބާމަޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލައިފި

14 ޑިސެންބަރު 2021 - 17:12 0


އޮބާމަޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލައިފި

14 ޑިސެންބަރު 2021 - 17:12 0

ލަންޑަން (ޑިސެމްބަރު 14) - ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލައިފި އެވެ.

އަހުލާގީ މައްސަލައެއްގެ ސަބަބުން އެންމެ ފަހުން އާސެނަލުން 3-0 އިން ސައުތެމްޓަން އަތުން މޮޅުވި މެޗަށް ނެގި އާސެނަލް ސްކޮޑުގައި އޮބާމަޔަން ނެތެވެ. އޭނާގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަލެކްސަންޑަ ލަކަޒޭޓް އެވެ.

އާސެނަލުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް ނަގަން ނިންމާފައިވާ ކަމަށާއި މާދަމާރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ ސްކޮޑުގައި ވެސް އޮބާމަޔަން ނުހިމެނޭނެ ކަމަށެވެ.

އޮބާމަޔަން އަށް މީގެ ދެ އަހަރު ކުރިން އާސެނަލްގެ ކެޕްޓަން ބޭންޑް ދިނީ ސަޕޯޓަރުންނާ ޖެހުނު މައްސަލަތަކަކަށް ފަހު އޭރުގެ ކެޕްޓަން ގްރޭނިޓް ޝާކާ އަތުން ބޭންޑް ނެގުމަށް ފަހު އެވެ. އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލީ ކްލަބްގެ ހުއްދަނެތި އާއިލާއާ ބައްދަލުކުރަން ފްރާންސަށް ދިއުމުން އެކަމާ ބެހޭގޮތުން ކްލަބާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުތެމްޓަން މެޗުގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އޮބާމަޔަން އަށް އެޅި ފިޔަވަޅަކީ ކްލަބެއްގެ ގޮތުގައި އާސެނަލް ކުރިއަށްދާން ބަލާއިރު ހެދިފައި ހުންނަ އުސޫލުތަކަށް އިހުތިރާމް ކުރުމަކީ މުހިއްމު ކަމެއްކަން ދައްކައިދޭ ނިންމުމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ކްލަބަށް ވުރެ ބޮޑުވާނެ އެއްވެސް ކުޅުންތެރިއަކު ހުރެގެން ނުވާނެ ކަމަށް އާޓެޓާ ބުނެފައިވެ އެވެ.

ބޮރޫޝިއާ ޑޯޓްމްންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 68 މިލިއަން ޑޮލަރަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 163 މެޗުން 92 ގޯލު ޖަހައިފަ އެވެ. އޮބާމަޔަން މި ވަގުތު އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު 15 މިލިއަން ޑޮލަރަށެވެ.

އުމުރުން 32 އަހަރުގެ އޮބާމަޔަން މި ސީޒަނުގައި ކުޅުނު 15 މެޗުން ވަނީ ހަތް ގޯލު ޖަހައިފަ އެވެ.