Advertisement

ކްލާހަކަށް ނުގޮސް އެހެން ބަހެއް ދަސްކޮށްލަން ބޭނުންތަ؟

16 ޑިސެންބަރު 2021 - 06:09 0

މަރިޔަމް އަރީން އީސާ

މ

Advertisement

މީހަކު ޓޯކަން އެޕް ބޭނުންކުރަނީ: ޓޯކަން އެޕަކީ އާ ބަސްބަސް ދަސްކޮށްލުމަށް ބޭނުން ކުރެވިދާނެ ރަނގަޅު ވަސީލަތެއް. -- ފޮޓޯ: ޓޯކަން


ކްލާހަކަށް ނުގޮސް އެހެން ބަހެއް ދަސްކޮށްލަން ބޭނުންތަ؟

16 ޑިސެންބަރު 2021 - 06:09 0

Advertisement

Advertisement

އަހަރުމެންގެ ތެރޭގައި އާ ބަހެއް ދަސްކޮށްލާނެ ފުރުސަތު ބޭނުންވެ އެ ފުރުސަތު ނުލިބިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟ ހަމަ ގައިމުވެސް އެފަދަ އެތައް ބަޔަކު މިމުޖްތަމައުގައި ތިބޭނެކަން ޔަގީނެވެ.

އާ ބަހެއް ދަސްކުރަން ބޭނުންވާ މީހުން މިހާރު ކުރަން ޖެހޭ ކަންކަން ނުހަނު ގިނަ އެވެ. ކުލާހަކަށް ވަންނަން ބޭނުންނަމަ އެކަމަށް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ. އެކަމަކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ހަރަދުތައް ކުޑަކުރެވޭނެ މަގުތައް މިއަދު މިވަނީ ފަހިވެފަ އެވެ. މިގޮތުން "ޓޯކަން" އެޕް އަކީ ބަސް ދަސްކުރަން ބޭނުން ފަރާތްތައް ތަޖުރިބާކޮށްލަން ރަނގަޅު އެޕެކެވެ.

Advertisement

މި އެޕްގެ ޒަރިއްޔާއިން 11 ބަސް ދަސްކުރެވިދާނެ އެވެ. މި އެޕުގައި ބޭނުންކުރެވެން ހުންނަ ބަސްތަކަކީ ސްޕެނިޝް، ކޮރިއަން، ފްރެންޗް، ޖާމަން، އިޓާލިއަން، ޕޯޗުގީޒް، ޖަޕަނީޒް، ޗައިނީޒް، އަރަބި، ހިންދީ އަދި ހިބްރޫ އެވެ.

ޓޯކަން އެޕަކީ ކޯއްޗެއް؟

ޓޯކަން ނަމަކަށް ކިޔާ މި އެޕަކީ ގޫގްލް ކްރޮމްގެ އެކްސްޓެންޝަންއެކެވެ. ބަސްދަސްކުރަން މީހުން ބޭނުންކުރާ އެހެން އެޕްތަކާއި ޓޯކަން ތަފާތުވާ ސަބަބަކީ މި އެޕްގެ ބޭނުން ހިފޭ ގޮތެވެ. މި އެޕަކީ ބަހުގެ ރަދީފެއް ގޮތަށް ފަރުމާކުރެވިފައިވާ އެޕެއްނޫނެވެ. މި އެޕް ފަރުމާކޮށްފައިވަނީ ބޭނުންކުރާ މީހާގެ ސިކުނޑިއަށް ބުރަ ނުވާނެހެން ބަސް ދަސްކުރުމަށް އެހީވެދޭނެ ގޮތަށެވެ.

Advertisement

ޓޯކަން އެޕްއަކީ ގޫގްލްކްރޮމްގެ އެކްސްޓެންޝަންއެއް ކަމުން މި އެޕް ބޭނުން ކުރަނީ ހަމަ ގޫގްލް ބޭނުންކުރާގޮތަށް މައުލޫމާތު ހޯދުމަށެވެ. ނަމަވެސް ގޫގްލް ސާޗްކުރުމުގެ ތެރޭގައި ހުންނަ ލިޔުންތަކުގައި އެކުލެވިގެންވާ ބައެއް ބަސްތައް މި އެޕުން އެމީހަކު ދަސްކުރަން ބޭނުންވާ ބަހަކަށް ބަދަލުކޮށްލަ އެވެ. އެހެންކަމުން ޕެރެގްރާފް ކިޔަމުންދާ އިރު މި ބަސް ފެނުމުން މީހާގެ ޝައުގުވެރިކަން އެކަމަށް ގޮސް އެ ބަހުގެ މާނަ ދަސްކުރަން ފަސޭހަވެގެން ދާނެ އެވެ.

މި އެޕަށް ގިނަ ބައެއްގެ ތާއީދާއެކު ހަތަރު ތަރީގެ އެތައް ރިވިއުއެއްވެސް ލިބިފައިވެ އެވެ. އަދި މި އަހަރު ގޫގްލް ކްރޯމްގެ އެންމެ މަޝްހޫރު އެއް އެކްސްޓެންޝަންގެ ގޮތުގައި ހޮވިފައިވަނީ ވެސް ޓޯކަން އެވެ.

ޓޯކަން އެޕް ބޭނުންކުރަނީ ކިހެނެތް؟

ޓޯކަން އެޕްއަކީ ގޫގްލް ގެ އެކްސްޓެންޝަނެއް ގޮތަށް މަސައްކަތް ކުރާ އެޕެކެވެ. މި އެޕް އިންސްޓޯލް ކުރަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަން ޖެހެނީ މިފަދައިންނެވެ. އެންމެ ފުރަތަމަ ޓޯކަންގެ ވެބްސައިޓަށް ޒިޔާރަތްކުރައްވާ މި އެޕްގެ ގޫގްލް ކްރޮމް އެކްސްޓެންޝަން އިންސްޓޯލް ކުރާށެވެ. އެއަށްފަހު ކްރޯމް އަށް އެޑްކޮށްލާށެވެ. މިހިސާބުން ޓޯކަން އެޕް އިންސްޓޯލްވާނެއެވެ. ދެން މިއެޕް ބޭނުންކުރަން ބޭނުންވުމުން ގޫގްލް ކްރޮމް ހުޅުވާލުމަށްފަހު އެޕް ހުޅުވާލުމުން ނިމުނީ އެވެ. އާބަސްތައް ދަސްކުރުމަށް މިއެޕް ބޭނުންކޮށް ތަޖުރިބާ ކޮށްލާށެވެ.

ޓޯކަން އެޕް ބޭނުންކުރާތަން ދައްކުވައިދޭ ވީޑިޔޯއެއް