Advertisement

ލައިޕްޒިގާ ދެކޮޅަށް ޑިބްރޭނާ ފުރަތަމަ 11 ގައި ކުޅޭނެ

7 ޑިސެންބަރު 2021 - 11:43 0


ލައިޕްޒިގާ ދެކޮޅަށް ޑިބްރޭނާ ފުރަތަމަ 11 ގައި ކުޅޭނެ

7 ޑިސެންބަރު 2021 - 11:43 0

މިއުނިކް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި މިރޭ އާރްބީ ލައިޕްޒިގާ ދެކޮޅަށް މެންޗެސްޓާ ސިޓީން ނެރޭ ފުރަތަމަ 11 ގައި، އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ފެނިގެންދާނެ ކަަމަށް އެ ކްލަބުން ބުނެފި އެވެ.

ކޮވިޑަށް ފައްސިވެ، ޑިބްރޭނާ އަށް ވަނީ ހަތަރު މެޗު ގެއްލިފަ އެވެ. ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ވަޓްފޯޑް އަތުން ސިޓީ މޮޅުވި މެޗުގައި، ޑިބްރޭނާ އިނީ ބެންޗުގަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުގައި މިރޭ ލައިޕްޒިގާ ދެކޮޅަށް ނެރޭ ފުރަތަމަ 11 ގައި ޑިބްރޭނާ ފެނިގެންދާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ ޑިބްރޭނާ ކުޅެން ނުކުތަސް، ޓީމުން އޭނާ އަށް ދެމެހެއްޓެނިވި ގޮތެއްގައި ޖާގަ ލިބޭނީ މަސައްކަތް ކޮށްގެން ކަމަށެވެ.

"ޑިބްރޭނާ ނުޖެހޭ އަހަންނަށް އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް. އެކަމަކު، ޑިބްރޭނާ އެބަ ދައްކަންޖެހޭ އެނާ އެނބުރި އައިކަން. ފާއިތުވި އަހަރުތަކުގައި ޑިބްރޭނާ ފަރާތުން ފެނުނު ކުޅުން، އަހަރަމެންނަށް ފެންނަންޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ގުރޫޕް އޭގައި މިދިޔަ މަހު ޕީއެސްޖީ އަތުން މޮޅުވެ، މި ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސިޓީ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެހެންކަމުން މިރޭގެ މެޗުގައި ސިޓީގެ ޒުވާން ކުޅުންތެރިންނަށް ގާޑިއޯލާ ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.

"ޔޫރަޕްގެ މުބާރާތެއްގައި ކުޅުމަކީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ. މެޗުގައި ޒުވާން ކުޅުންތެރިންތަކެއް ފެނިދާނެ. އަނެއްކާ ފަސް ބަދަލު ކުރެވޭތީ އެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ލިބުން އެކަށީގެންވޭ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ލައިޕްޒިގު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން މިރޭ 22:45 ގަ އެވެ.