Advertisement

އަންވެއިލިން ވިޝަންސް މައުޒަރުގައި ވައިބްރަންޓް އާޓިސްޓް އެވޯޑް 5 ކުރެހުންތެރިއަކަށް

6 ޑިސެންބަރު 2021 - 05:47 0

އަމަން ހަލީމް

އަމަން ހަލީމް

ޑިޖިޓަލް އާޓް ކެޓެގަރީން އެވޯޑު ކާމިޔާބުކުރި އަލީ އިމްތިޝާލްއާ ރައީސް ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ: މި މައުރަޒު ހުޅުއްވައިދެއްވީ ވެސް ރައީސް ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް


އަންވެއިލިން ވިޝަންސް މައުޒަރުގައި ވައިބްރަންޓް އާޓިސްޓް އެވޯޑް 5 ކުރެހުންތެރިއަކަށް

6 ޑިސެންބަރު 2021 - 05:47 0

މިހާރު ނޭޝަނަލް އާޓް ގެލަރީގައި ކުރިޔަށްދާ "އަންވެއިލިން ވިޝަންސް 2021" މައުރަޒުގައި ފަސް ކުރެހުންތެރިއަކަށް ވައިބްރަންޓް އާޓިސްޓް އެވޯޑު ދީފި އެވެ.

ވައިބްރަންޓް އާޓިސްޓް އެވޯޑު ކާމިޔާބުކުރި ކުރެހުންތެރިންނާ އެވޯޑު ހަވާލުކޮށްދެއްވީ، މި މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެގޮތުން މައުރަޒުގެ ބައިވެރިންގެ ތެރެއިން ފަސް ކެޓެގަރީއަކުން އެއްވަނައަށް ދިޔަ އާޓިސްޓުންނަށް އެވޯޑު ދިނެވެ.

އަންވެއިލިން ވިޝަންސް ވައިބްރަންޓް އާޓިސްޓް އެވޯޑް

  • ޑްރޮވިން ކެޓެގަރީ - އިސްމާއިލް މާއިޝް
  • ޕެއިންޓިން ކެޓެގަރީ - މަރިޔަމް ބަރްޝާ
  • ކެލިގްރަފީ - ހަސަން ނާޖިހް
  • ޑިޖިޓަލް އާޓް - އަލީ އިމްތިޝާލް
  • މިކްސް މީޑިއާ ކެޓެގަރީ - އައިޝަތް ސަޖިޔާން
  • އަންވެއިލިން ވިޝަންސްއަކީ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ ގުޅިގެން އިންތިޒާމުކުރާ މައުރަޒެކެވެ. މި މައުރަޒުން މި ފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކާލާނާ އެވެ.

    މި މައުރަޒު ކުރިޔަށް ދާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ނޭޝަނަލް އާޓް ގެލަރީގަ އެވެ.

    މައުރަޒު ހުޅުވަން އިއްޔެ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި، އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އެތަނުގެ "ވާޗުއަލް ގެލަރީ" އިފްތިތާހުކޮށްދެއްވާފަ އެވެ.

    "އަންވެއިލިން ވިޝަންސް"އަކީ ރާއްޖޭގައި މި އަހަރު ބޭއްވޭ އެންމެ ބޮޑު ކޮންޓެމްޕަރަރީ އާޓް އެގްޒިބިޝަނެވެ.