6 ޑިސެންބަރު 2021 - 07:30 2
އާއިޝަތު މިހުނާ ނާސިހް
ާއާއިޝަތު ހަމީދު,
6 ޑިސެންބަރު 2021 - 07:30 2
މީގެ އަހަރުތަކެއް ކުރިން އަބާޔާ އަކީ ޒުވާން އަންހެން ކުދިން ބުރުގާ އެޅުމުގައި ގެންގުޅުނު ޒަމާނާ ނުގުޅޭ އެންމެ "މުސްކުޅި" އެއް ސްޓައިލެވެ. ނަމަވެސް ބުރުގާ އާއި އެކު ނިވާކަން ބޮޑުކޮށް ހެދުން އެޅުމުގެ ފެޝަނަށް ޒަމާނީ ނުފޫޒު ވަތް ހިސާބުން، 'މޮޑެސްޓް ފެޝަން' ގެެ އެކި ވައްޓަފާޅިތައް ތައާރަފްވެ ދިވެހިންގެ މެދުގައި ވެސް އެ ސްޓައިލްތައް ހިނގައިގަތެވެ. ގަޔަށް ދޫކޮށް، އެކި ފަރުމާތަކަށް ލައި އުޅޭ ދިގު އަބާޔާގެ މަގުބޫލުކަން ވެސް އިތުރުވި އެވެ. މިއީ މިހާރު ބުރުގާ އެޅުމުގެ ފެޝަންގެ އެންމެ ސްމާޓް އެއް ސްޓައިލަށް ވެސް ވަނީ ވެފަ އެވެ.
މި އާޓިކަލް ގައި، މި ގެނެސްދެނީ ދިވެހިންނަށް އަބާޔާގެ ޗާލުކަމާއި ފަރިކަން، ޒަމާނީ އިސްޓައިލްތަކުގައި ގެނެސްދީ މަގުބޫލުކޮށްދިނުމުގައި އެންމެ ބޮޑު ޝަރަފެއް ދިނުން ހައްގު 'އަލްޑާ' އަބާޔާ ބްރޭންޑްގެ ފައުންޑާ އައިޝަތު ހަމީދު (އައިޝާ) ގެ ހާއްސަ އިންޓަވިއު އެކެވެ.
އެތައް ދުވަހެއްގެ އިންތިޒާރާއި ހިތްވަރާ އެކު އައިޝާ، މީގެ ތިން ހަތަރު މަސް ކުރިން ފެށި ކުޑަކުޑަ ވިޔަފާރި ބޮޑުވެ، ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބީ އާއި މަގުބޫލުކަން ހޯދިގޮތް އޭނާ ހިއްސާކުރި އެވެ.
މޮޑަސްޓް ފެޝަން އަށް ޝައުގުވެރިކަން އުފެދުނީ މިޑްލް އީސްޓް އާއި އަރަބި ގައުމުތަކުގެ މީހުން ހެދުން އަޅާގޮތް ފެނި އެގޮތަށް ހެދުން އެޅުމަށް ފެށުނީއްސުރެވެސް, މި ދެންނެވީ މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑު ބުރުގާ ނާޅާއިރުވެސް އަދި އެއަށްފަހު އަބާޔާ ހެދުމަށް ބަދަލު ކުރުމާ ޖެހެންދެންވެސް ލޯބިކުރާތީ
އަޅުގަނޑު އަބާޔާ ލާން ފެށީއްސުރެވެސް ވަރަަށް އުންމީދުކޮށްގެން ހުރި ކަމެއް އަބާޔާ ވިއްކުމަކީ. މި ދެންނެވީ ތަފާތު, އެންމެ ފަހުގެ ޓްރެންޑްތަކާއި އެއްގޮތަށް ހެދުން ލުމަށް އަޅުގަނޑު ބޭނުންވޭ. ދެން މި ވިޔަފާރި ކުރުމަށްޓަކައި ރަނގަޅު މާކެޓް ސްޓަޑީއެއް ހަަދާ އަބާޔާ ލައި އުޅޭ މީހުންނާ ޑައިރެކްޓްކޮށް އަދި އިންޑައިރެކްޓްކޮށް ސުވާލުކޮށް މައުލޫމާތު ހޯދާފައިވާނެ. އަދި އެންމެ ގިނަ ބަޔަކު ބޭނުންވާ ގޮތަށް މި ވިޔަފާރި ފެށުމަށް އޭރު މަސައްކަތްކޮށް މިއަދާ ހަމައަށްއައި އިރު އިރާދަފުޅުން ވަރަށް ކާމިޔާބޭ އަޅުގަނޑު ދަންނަވާނީ
އަލްދާގެ ފޮޓޯޝޫޓްގެ ތެރެއިން---
މި ނަން ކިޔުނީ ނަމުގެ މާނަ އަށް ބަލާފައި. އަލްދާގެ މާނައަކީ ކުރިއަރައިގެން ދިއުން, ތަރައްގީވަމުން ދިއުން. ކާމިޔާބުކަމާއެކީ ކުރިއަށްދެވުން. ދެވަނަ ކަމަކަށް ބެލީ ކިޔަން ފަސޭހަ ކުރު އަދި ހަނދާނަށް ގެންނަން ފަސޭހަ ނަމެއް ކިޔޭތޯ.
އަސްލު މިއީ ވަަރަށް ގިނަ ދުވަސްވަންދެން އަމިއްލަ ސިކުނޑީގައި ގެންގުޅުނު ހިޔާލެއް. ބޭނުންވީ ލިބޭ އާމްދަނީއާ އެއްވަރަށް މުޖުތަމައަށް ފައިދާކުރާނެ މަސައްކަތެއްކުރަން. އެގޮތުން ވިސްނީ އަޅުގަނޑުމެން ދިވެހި އަންހެނުން ހެދުން އެޅުމުގައި އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި އެއްގޮތަށް މޮޑެސްޓް ފެޝަނަށްވެސް އެންމެ ފަހުގެ ޓްރެންޑްތައް ފޮލޯ ކުރެވިދާނެކަމެއްކަން އަންޑަސްޓޭންށް ކޮށްދޭން..
ކޮންމެ މަހެއްގައިވެސް އަލްދާއިން އާ ޑިޒައިންތަކެއްގެ ހެދުން ތައާރަފްކުރަން. އެކަން މި ކުރާ ގޮތަކީ ކޮންމެ މަހަކުވެސް ހެދުންތަކުގެ ޑިޒައިންތައް ސްކެޗްކޮށް ފަހަން މި ފޮނުވަނީ ރާއްޖެއިން ބޭރަށް. ދެން ހެދުންތައް ލިބުނީމަ ފުރަތަމަ އޮންނަނީ ފޮޓޯ ޝޫޓް. އެއަށްފަހު ދެން އޮންނާނީ އިންސްޓްގްރާމް މެދުވެރިކޮށް ފޮޓޯތައް ޕޯސްޓްކޮށް ފޮލޮވާސްއަށް ރީޗްކުރުން.
ކޮންމެ ހެދުމަކީވެސް އެކި ޑިޒައިނަރުންގެ މަސައްކަތްތައް ބަލައި ހޯދާ އަދި އިންސްޕަޔާ ވެގެން އަމިއްލަ އަށް ޑިޒައިންކުރާ ހެދުންތަކެއް. ދެން ޖަރީކުރުމުގެ އެ ހުރިހާ ކަމަކީވެސް ހަމަ އަތުން ކުރާ މަސައްކަތްތަކެއް.
ދެން އޯޑަރުތައް އިންސްޓަގްރާމް މެދުވެރިކޮށް އޮންލައިންކޮށްވެސް ނަގަން. ދެން ފިހާރަ އަށް އައިސްގެން ވެސް.
އަލްދާގެ ފޮޓޯޝޫޓްގެ ތެރެއިން --
އެންމެ ބޮޑަށް ވިސްނަނީ އެއިރެއް އެންމެ ފަހުގެ ޓްރެންޑްތައްކަށް. އަދި މެޓީރިއަލްގެ އިތުރުން. ހެދުމުގެ ކުލަތައްވެސް އެންމެ ފަހުގެ ޓްރެންްޑްތަކާ އެއްގޮތަށް ބެހެއްޓޭތޯ މަސައްކަތް ކުރަން. ދެން މީގެ އިތުރުން އެންމެ ގިނަ ކަސްޓަމަރުން ބޭނުންވާ ޑިޒައިންޓައް އިންޕްރޮވައިސްކޮށްގެން ތަފާތު އެކި ޑިޒައިންތައް ނެރެވޭތޯ ބަލަން.
މި ކުރު މުއްދަތުުގައި ޛ ގެ އިރާފުޅުން މިހާރުމިވަނީ ފިހާރައެއް ހުޅުވި, އޮންލައިންކޮށް ވިޔަފާރި ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ފިހާރައަށް އައިސް އަމިއްލަ އަށް ހެދުންތައް ބަލާލެވެން ފުރުސަތު ފަހިކުރެވިގެން ގޮސްފައި.
ވަޒީފާ އަދާކުރަމުން އަދި ކިޔަވަމުން މިކަހަލަ ކުދަ ވިޔަފާރިއެއް ކުރުމަށް ވަރަށް ބޮޑަށް ޓައިމް މެނޭކްކުރަންޖެހޭ. އެންމެ ބޭނުންވާ ވަރަށް ވަގުތު ނުދެވޭ. އެހެންނަމަވެސް މިހުރިހާ ކަަމަކާއިއެކު ޛ ގެ އިރާދަފުޅުން މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހޭ
އަލްދާގެ ފޮޓޯޝޫޓްގެ ތެރެއިން--
"ވަގުތު" ބޭނުންވާ ވަރަށް ވަގުތު މިކަމަށް ހުސްނުކުރެވޭތީ. އެއީ ވަޒީފާ އަދާކުރަމުން ކިޔަވަމުން އެސައިންމަންޓްތައް ހަދަމުން ހުރިހާ ކަމަކަށް ފޯކަސްކުރަން ބައެއްފަހަރު ވަރަށް ވަރުބަލިވޭ. އެކަމަކުވެސް އަޅުގަނޑުގެ ފިރިމީހާ އެހީތެރިކަމާއި ދައްތައާއި ބައެއް ރަހްމަތްތެރިން ވަރަށް ބޮޑަށް އެހީތެރިވޭ.
ކަސްޓަމަރުން އެދެއްވާ ތަރުހީބު. އަޅުގަނޑު ދަންނަވާނީ މި މަސައްކަތް ވަރަށް ގިނަބަޔަކު ބަލައިގެންފިއޭ. އަދި ހަމަ ވަރަށް ގިނަ މީހުންގެ ޕޮޒިޓިވް ފީޑްބެކް ލިބެމުންދޭ.
ދުވަހަކު ނުދަންނަ މީހުންވެސް ޕޭޖަށް މެސެޖްކޮށް އެޕްރެޝިއޭޓް ކުރޭ. އަދި މިއީ ގިނަ ބަޔަކު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށްވާތީ މިކަން އަޅުގަނޑުމެންގެ ކަސްޓަމަރުން ބަލައިގަތަކުމަކީ އަޅުގަނޑަށް މިކަމުގައި ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް. އަލްދާގެ ހުރިހާ ކަސްޓަމަރުންނަށްވެސް އަޅުގަނޑުގެ ޝުކުރު އަދާކުަރަން މިފުރުސަތުގައި.
Comment