Advertisement

ސްރީލަންކާ އިން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަނީ

4 ޑިސެންބަރު 2021 - 12:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ މުވައްޒަފުންތަކެއް. -- ފޮޓޯ: ކޮލޮމްބޯ ގެޒެޓް


ސްރީލަންކާ އިން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަނީ

4 ޑިސެންބަރު 2021 - 12:27 0

ހުކުރު ދުވަހުގެ ހެނދުނު ސްރީލަންކާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

ސިލޯން އިލެކްޓްރިސިޓީ ބޯޑް (ސީއީބީ) އިން މަސައްކަތް ކުރީ ތިން ގަޑިއިރުގެ ތެރޭގައި އަލުން ކަރަންޓު ދެވޭތޯ އެވެ. ނަމަވެސް ބައެއް ހިސާބު ތަކުގައި އެއަށްވުރެ ގިނަ ވަގުތު ނެގި އެވެ.

ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ ސީއީބީގެ އެދުމަކަށެވެ. އެގޮތުން އެކަން ދިމާވީ ބަޔަކު ގަސްތުގައި ގެއްލުން ދިނުމުގެ ސަބަބުންތޯ ފުލުހުން ބަލާނެ އެވެ.

ސީއީބީގެ ޖެނެރަލް މެނޭޖަރި އެމްއާރް މަނަތުންގަ ވިދާޅުވީ ކަރަންޓު ކެނޑުނީ އެ ކުންފުނީގެ އިންޖިނިއަރުންގެ ޔޫނިއަނުން ގަސްތުގައި ގެއްލުން ދިނުމުން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

އިންޖިނިއަރުންގެ ޔޫނިއަނުން ދަނީ ސީއީބީ އާއި އެމެރިކާގެ ކުންފުންޏަކާ ދެމެދު ސޮއިކޮށްފައިވާ ހަކަތައިގެ އެއްބަސްވުމާ ދެކޮޅަށް އިހްތިޖާޖު ކުރަމުންނެވެ.

އެމެރިކާގެ ނިއު ފޯޓްރެސް އެނަޖީ ކުންފުންޏާއި ސީއީބީއާ ދެމެދު އެއްބަސްވުމަކަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެގޮތުން ވެރިރަށް ކޮލޮމްބޯ ކައިރީގައި ހުންނަ ޔުގަދަނަވި ޕަވާ ޕްލާންޓުން 1.2 މިލިއަން ގެލަންގެ ލިކުއިފައިޑް ގޭސް ސަޕްލައިކޮށް 700 މެގަވޮޓުގް ޕަވާ ޕްލާންޓެއް ކެރަވަލަޕިޓިޔާގައި ހަދަން އެއްބަސްވި އެވެ.

ޔޫނިއަން ތަކުން ސިފަކުރާ ގޮތުގައި އެއީ ޕަވާ ޕްލާންޓް ވިއްކާލުމުގެ އެއްބަސްވުމެކެވެ. އޭގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވާނެ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

ޔުޓިލިޓީ އާއި އާއްމު ހިދުމަތްތަކާ ގުޅޭ މުވައްޒަފުން އިހްތިޖާޖް ކުރުން މިދިޔަ މަހު ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ މަނާ ކުރައްވާފަ އެވެ. ނަމަވެސް ޔޫނިއަން ތަކުން ދަނީ އިހްތިޖާޖު ކުރަމުންނެވެ.