Advertisement

އެންމެ މޮޅު ރެޑީ ޓު ވެއާ ކަލެކްޝަންގެ އެވޯޑާއެކު ރައިދާ އަށް ބޮޑު ކާމިޔާބެއް

16 ނޮވެންބަރު 2021 - 07:04 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


އެންމެ މޮޅު ރެޑީ ޓު ވެއާ ކަލެކްޝަންގެ އެވޯޑާއެކު ރައިދާ އަށް ބޮޑު ކާމިޔާބެއް

16 ނޮވެންބަރު 2021 - 07:04 1

އިންޓަނޭޝަނަލް ފެޝަން ވީކް ދުބާއީގައި މިއަހަރު ރާއްޖެއިން ބައިވެރިވި, "ރައިދާސް މޯލްޑިވްސް" އަށް "ބެސްޓް ޕްރެޓް އަ ޕޯޓާ" އެވޯޑް ލިބިއްޖެ އެވެ. މިއީ ފެޝަން ވީކްގައި ބައިވެރި ކުރެވުނު އެންމެ މޮޅު ރެޑީ ޓު ވެއާ ކަލެކްޝަނަށް ލިބުނު އެވޯޑެކެވެ. 

ރާއްޖެއާ އަދި މި ސަރަހައްދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ "ރައިދާސް މޯލްޑިވްސް"ގެ އޯނަރު އަދި ޑިޒައިނާ ރައިދާ އިސްމާއިލް ޝަފީގު, މި ކާމިޔާބީ ހާއްސަ ކުރަނީ މުޅި ރާއްޖެ އަށެވެ.

ވަރަށް އުފާވި އިންޓަނޭޝަނަލީ ރެކޮގްނައިޒްޑް އެވޯޑެއް ލިބުނީމަ, އެކަމަކު ރައިދާ އަށް އެކަނި ލިބުނު އެއްޗަކަށްވުރެ މިއީ ރާއްޖެއަށް ލިބުނު އެވޯޑެއް"   

އިންޓަނޭޝަނަލް ފެޝަން ވީކް ދުބާއީ އަކީ 2015 ވަނަ އަހަރުން ފެށިގެން ދުބާއީގައި ބާއްވަމުން އަންނަ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ފެޝަން ހަރަކާތެވެ. ފެޝަން ޝޯތަކާއި, އެގްޒިބިޝަންތަކާއެކު ކުރިއަރަމުން އަންނަ ފެޝަން ޑިޒައިނަރުންގެ މަސައްކަތްތައް ވާދަވެރި މާހައުލެއްގައި ދައްކުވައިދޭ މި ހަރަކާތުގައި ގިނަ އެވޯޑްތަކެއް ވެސް ބައިވެރިންނަށް ދެވިގެން ދެ އެވެ.  

އިންޓަނޭޝަނަލް ފެޝަން ވީކް ދުބާއީގައި ރައިދާ --


މިއީ މި ފެޝަން ވީކްގެ 12 ވަނަ ޝޯ އަށް ވާއިރު މިހާތަނަށް ދުނިޔޭގެ 80 ގައުމަކުން 500 އަށްވުރެ ގިނަ ޑިޒައިނަރުން ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ. ފެޝަން ޓީވީ އާއި ޕެރިސްގެ ގެލަރީ ލަފާޓޭ އިން ސްޕޮންސާ ކުރި މި އަހަރުގެ ފެޝަން ވީކްގައި ދުނިޔޭގެ އެކި ހިސާބުތަކުން 20 ވަރަކަށް ފެޝަން ޑިޒައިނަރުން ބައިވެރިވި އިރު ރާއްޖެއިން ބައިވެރިވެފައިވަނީ "ރައިދާސް މޯލްޑިވްސް" އެވެ. 

މީގެ ހަތް އަހަރު ކުރިން ރައިދާ ތައާރަފްކުރި އޭނާގެ އަމިއްލަ ފެޝަން ބްރޭންޑް "ރައިދާސް މޯލްޑިވްސް" އިން ކޮންމެ އަހަރަކުވެސް ދެ ކަލެކްޝަނެއް ނެރެމުން އަންނައިރު, ދުބާއީ ފެޝަން ވީކްގައި އޭނާ ބައިވެރި ކޮށްފައިވަނީ ދާދި ފަހުން ކްރޮސް ރޯޑްސްގައި ލޯންޗްކުރެވުނު އޭނާގެ އެސްއެސް 22 ކަލެކްޝަން އެވެ.  

ރައިދާގެ އެސްއެސް22 ކަލެކްޝަންގެ ބައެއް ފަރުމާތައް--


ދިވެހި ކަނޑުފަޅުތަކުގެ ޖާދުވީ ގުދުރަތްތެރިކަމާއި, ދިވެހި ސަގާފަތުގެ މުއްސަނދިކަން ރަމްޒުކޮށްދޭހެން ވައިބްރަންޓް ކުލަތަކުން ފަރުމާކޮށްފައިވާ މި ކަލެކްޝަން ވެގެންދިޔައީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް މޮޅު ކަލެކްޝަނަކަށެވެ. ތިރީހަކަށް ޑިޒައިން މި ކަލެކްޝަންގައި ހިމެނޭއިރު ފެޝަން ވީކްގައި ދައްކާލަދީފައި ވަނީ އޭގެ ތެރެއިންވެސް އެންމެ ކަމުދިޔަ 11 ލުކްސް ކަމަށް ރައިދާ ބުންޏެވެ.  

"ގާމެންޓްސް ބޮޑަށް ހުންނާނީ ބީޗް ވެއާ, ރެޑީ ޓުވެއާ. ބޭނުންކޮށްފައި މިހިރަ ކުލަ ތަކަކީވެސް ބޮޑަށް ޓްރޮޕިކަލް, ޖޯއިފުލް ކުލަތަކެއް. ހުރިހާ ގްރެފިކްސް އެއްވެސް ބޭސްކޮށްފައި ހުންނާނީ އޭގެ މައްޗަށް" ރައިދާ ބުންޏެވެ. 

އިންޓަނޭޝަނަލް ފެޝަން ވީކް ދުބާއީގައި ރައިދާސް މޯލްޑިވްސް--


ކޮލަމްބޯގެ އޭއޯޑީ އިންޓަނޭޝަނަލް ޑިޒައިން ކެމްޕަސް (އޭއޯޑީ) އިން ފެޝަން ޑިޒައިނިން ހާސިލްކޮށްފައިވާ ރައިދާ, ދުބާއީގެ ފެޝަން ވީކްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން ލަންކާގެ އެކަޑަމީ އޮފް ޑިޒައިން އާއި މާސެޑީޒް ބެންޒް ބްރޭންޑް ގުޅިގެން ބާއްވާ މާސެޑީސް ފެޝަން ވީކްތަކުގައިވެސް ރައިދާވަނީ އެކި ފަހަރުމަތިން ބައިވެރިވެ ފުރިހަމަ މަސައްކަތްތަކެއް ދައްކާލަދީފަ އެވެ. 

ފެޝަން ޑިޒައިނިންގެ ދާއިރާއަކީ ރާއްޖޭގައި މާ ބޮޑަށް ތަރައްގީވެ ކުރިއަރަމުން އަންނަ ދާއިރާއަަކަށް ނުވާއިރު, ބައިނަލްއަގުވާމީ މައިދާނުގައި މިފަދަ ކާމިޔާބެއް ރާޢްޖެ ތަމްސީލް ކުރި ޝޯއެއްގައި ލިބުނު ކަމަށްޓަކައި ރައިދާ ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނާ ގޮތުން މި ކާމިޔާބީ އަކީ ރާއްޖެއަށާއި އަދި ހާއްސަ ކޮށް މި ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް ވެސް ލިބޭނޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.