13 ނޮވެންބަރު 2021 - 06:13 2
އަހުމަދުﷲ އަބްދުލްހާދީ
ތޮއްޖެހިފައިވާ މާލޭގެ މަންޒަރެއް މަތިން: މާލެއާ ކައިރި ސަރަހައްދަކުން ބިން ހިއްކައިގެން ގޯތި ދޫކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު
13 ނޮވެންބަރު 2021 - 06:13 2
މާލެއާ ކައިރިން ބިން ހިއްކައިގެން ގޯތި ދިނުމުގެ ޕްލޭން މި އަހަރުގެ ފަހުކޮޅު އިއުލާނު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
މާލެ ކައިރިން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އަހަރުގެ މާޗު މަހު އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "އަދަދު"އަށް މިއަދު ވިދާޅުވީ، އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް މިހާރު ރާވަމުންދާ ކަމަށެވެ.
"އެ މަސައްކަތް އަދިވެސް ދަނީ ރާވަމުން ހަމަ. ދެން ލަފާ ކުރެވޭ ގޮތުގައި އެ ރޭވުން މި އަހަރުގެ ފަހު ކޮޅަށް އިއުލާންކޮށްލެވޭ ވަރު ވާނެ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ، އެ މަސައްކަތުގެ ހުރިހާ ކަމެއް ހަމަޖެހިގެން އިއުލާންކުރާއިރު، ބިން ހިއްކާނެ ސަރަހައްދާއި ސަރަހައްދުގެ ބޮޑުމިން އަދި ދޫކުރާނެ ގޯތީގެ އަދަދު ފަދަ ހުރިހާ ތަފްސީލެއް ވެސް ހާމަކުރާނެ އެވެ.
މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ބިން ހިއްކަން ސަރުކާރުން ވިސްނާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ، މާޗް މަސް ތެރޭ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން "ރަށްވެހި ފަތިސް" ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕޭނު ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވިސްނުމެއް ސަރުކާރުގެ އެބަހުރި ކަމަށެވެ. އެހެންނަމަވެސް, އެ މަޝްރޫގެ އެއްވެސް ތަފްސީލެއް އޭރު ރައީސް ދެއްވާފައެއް ނުވެ އެވެ.
މިނިސްޓަރު އަސްލަމް އޭގެ ފަހުން މަޖިލީހުގައި ވިދާޅުވީ، އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އިއުލާނުކުރައްވާނީ ފަހުގެ ތާރީހެއްގައި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މާލެ ރައްޔިތުންނަށް 5،000 ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި
"މި އުއްމީދަށް އަޅުގަނޑަށް އިތުރު ޔަގީންކަމެއް ލިބެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން މާލޭގެ ރައްޔިތުންނަށް 1،000 އަކަ ފޫޓަށް ވުރެ މަދުނޫން 5،000 ގޯތި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ދެއްވާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުން."
މާލެ ރައްޔިތުންނަށް 5،000 ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި
"މި އުއްމީދަށް އަޅުގަނޑަށް އިތުރު ޔަގީންކަމެއް ލިބެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން މާލޭގެ ރައްޔިތުންނަށް 1،000 އަކަ ފޫޓަށް ވުރެ މަދުނޫން 5،000 ގޯތި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ދެއްވާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުން."
"އަޅުގަނޑަށް އެނގެނީ ސަރުކާރުގެ ވިސްނުމެއް އެބަ އޮތްކަން؛ އިތުރު ބިމެއްގެ ވިސްނުމެއް، މާލޭ ރައްޔިތުންނަށް. މިކަން އިއުލާނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ. ރައީސް އެކަން އިއުލާނު ނުކުރައްވާ އެ އޮތީ އެ މަޝްރޫއު އެމަނިކުފާނު ގަބޫލުކުރައްވާ ގޮތަށް ގެންދެވޭ ހިސާބަށް، އަދި އެވަރަށް ފާމްކަމާ އެކީގައި ކުރެވެން ނެތީމާ. ނަމަވެސް ވަކި ހިސާބަކަށް އާދެވުނީމާ އެވާހަކަ ވިދާޅުވެފައި އެ އޮތީ،" އޭރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވަނީ އެ މަޝްރޫއަށްޓަކައި ބޭނުންވާ ލޯނު ނެދަލެންޑްސްގެ މަލްޓިނެޝަނަލް ފައިނޭންޝަލް ސާވިސްއެއް ކަމުގައިވާ އައިއެންޖީ ބޭންކުން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބުމުގެ އަދި ދޫކުރާނެ ބިމެއް ނެތުމުގެ މައްސަލައަކީ މާލޭގެ ގިނަ ބައެއްގެ ކަންބޮޑުވުމެއް އެކަމަކާ ގުޅިފައިވާ ކަމެކެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި މާލޭގެ ދެކުނުން އޮންނަ ފުށިދިއްގަރުފަޅުން 800 ހެކްޓަރު ހިއްކުމުގެ ޕްލޭނެއް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުނެވެ. އަދި ގުޅީފަޅުން ވެސް 230 ހެކްޓަރު ހިއްކަން ވެސް ނިންމި އެވެ.
މި ސަރުކާރުން ގުޅިފަޅުގައި ޕޯޓު ހެދުމުގެ ޕްލޭނާއެކު އެތަނުގެ ވަކި ސަރަހައްދަކުން 1،200 ގޯތި ދޫކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކިނބޫ
over 3 years ago
މާލޭ މީހުންނާ އައްޑޫ މީހުންގެ ސިކުނޑިތަކާ ކުޅެލުމަކީ ވަރަށް ފަސޭހަ ކަމެއްކަން މާޒީން ވަނީ ސާބިތުވެފަ.
66666
over 3 years ago
މިއާ އެކު އިގްތިސާދީ ގޮތުން އުތުރާ ދެކުނު އަދި މެދުރާޢްޖެތެރެ ވެސް މާލެއާ ވަކިވަންވާނެ! އެތަނަކުން ލިބޭ ލާރި އެތަނަކަށް. މާލޭ ކަނޑަކަށް ނޫން.
Comment