13 ނޮވެންބަރު 2021 - 00:33 1
އާއިޝަތު މިހުނާ ނާސިހް
ލައިބާ އަހުމަދު މަހުލޫފު (އެލީ)
13 ނޮވެންބަރު 2021 - 00:33 1
ހުނަރުވެރި ލަވަކިޔުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ) އަނެއްކާ ވެސް އާ ލަވައެއްގެ ޓީޒާ ނެރެފި އެވެ. މިފަހަރު އޭނާ ނެރެފައިވަނީ ސިއާގެ "ޗީޕް ތްރިލްސް" ގެ ކަވާ އެކެވެ.
ލަވައިގެ ވީޑިއޯއަކާއެކީ ކުޑަ ޓްރެއިލާއެއް ހުކުރު ދުވަހު ވަނީ ނެރެފަ އެވެ. މި ފަހަރުގެ ލަވައިގެ އެންމެ ހާއްސަ ކަމަކީ އެލީއާއެކު އޭނާގެ ކޯޗު ޖޫލިއާ ވެސް ލަވައިގައި ބައިވެރިވެފައި ވުމެވެ.
މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮސްޓްރޭލިއާ އަށް އުފަން ލަވަކިޔުންތެރިޔާ އަދި ސޯންގް ރައިޓާ ސިއާ, 2016 ވަނަ އަހަރު ރިލީޒްކުރި "ޗީޕް ތްރިލްސް" އަކީ ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓްވި ކާމިޔާބު ލަވަ އެކެވެ.
އުމުރުން އެންމެ އަށް އަހަރުގައި ގިނަ ދިވެހި ލަވަތަކާއި އަދި މަދަހަ ވެސް އެލީ މިހާތަނަށް ރިލީޒްކޮށްފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހު އެލީ ވަނީ އޭނާގެ ފުރަތަމަ އިނގިރޭސި ކަވާ ވެސް ނެރެފަ އެވެ.
އެލީގެ ފަރާތުން އޭނާގެ ބައްޕަ އަދި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފު މީގެ ކުރިން ވިދާޅުވި ގޮތުގައި އެލީ ދަނީ ބޭރުގެ މުބާރާތެއްގެ އޮޑިޝަނުގައި ބައިވެރިވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ އިނގިރޭސި ކަވާތަކަކީ މި މުބާރާތައް ތަައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކެކެވެ.
ޖޫލިއާއެކު އޮންލައިންކޮށް އެލީ ވޯކަލް ޓްރެއިނިން ހަދަމުންދާތާ މިހާރު ހަތަރު މަހެއްވަރު ވެދާނެ އެވެ. އަދި މި ލަވައިގައި އެލީ އާއި އެކީ ޖޫލިއާ ވެސް ބައިވެރިވީ އޭނާ ރާއްޖެ ކުރި ދަތުރެއްގަ އެވެ. މި ކަވާގެ ވެސް މިއުޒިކް އާއި ރިކޯޑިން ހަދާފައިވަނީ އަބްދުލް ބާސިތު (ބާޗީ) އެވެ.
0.00%
0.00%
90.00%
10.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކުޑައިއްބެ
over 3 years ago
ޕްރިވިލެޖް ގެ ބޭނުން ހިއްޕަވަންވާނީ ވިސްނުންތެރިކަމާ އެކު. ބައެއްފަހަރު ހިމޭންލަވައެއްގެ އަޑު ދަރިކަބަލުންގެ ކުރިއެރުމަށް މުހިއްމުވެދާނެ. އެލީއަށް ހެޔޮއެދެން، މުސްތަގްބަލާ ދޭތެރޭ ވިސްނަން.
Comment