Advertisement

ހުޅުމާލެ އާއި ބައެއް ރަށްރަށުގައި ޖޮބް ސެންޓަރު ހުޅުވަނީ

9 ނޮވެންބަރު 2021 - 07:23 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ސެޕްޓެމްބަރު 8، 2021 ވަނަ ދުވަހު ރ. އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޮބް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށް ދެއްވަނީ. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


ހުޅުމާލެ އާއި ބައެއް ރަށްރަށުގައި ޖޮބް ސެންޓަރު ހުޅުވަނީ

9 ނޮވެންބަރު 2021 - 07:23 0

ޖޮބް ސެންޓަރުގެ ހިދުމަތް ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ދިނުމުގެ ބަދަލުގައި ހުޅުމާލެ އާއި ބައެއް ރަށްރަށުގައި މަރުކަޒު ހުޅުވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅައި އިއުލާނުކުރައްވަން ބޭއްވި ހަފުލާގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޖޮބް ސެންޓަރުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭ ހިދުމަތްތައް ވެސް އިތުރަށް ފުރިހަމަކޮށް ވާޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނަ ހިދުމަތުގެ އިތުރުން ވީހާވެސް ގިނަ ބަޔަކަށް ޖޮބް ސެންޓަރުގެ ހިދުމަތް ދިނުމަށް އައުޓްލެޓްތަކެއް ގާއިމުކުރުން މުހިންމު ކަމަށާއި މައި އައުޓްލެޓް މި މަހު ނޫނީ އަންނަ މަހު ހުޅުމާލޭގައި ހުޅުވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ރ. ދުވާފަރު، ލ. ގަމުގައި ޖޮބް ސެންޓަރު ހުޅުވަން ނިންމާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހައިން ޖޮބް ސެންޓަރުގެ ހިދުމަތް ދިނުމަށް ހާއްސަ ޑެސްކެއް ކައުންސިލްގައި ގާއިމުކުރުމުގެ މަސައްކަތް ފަށައި، ބައެއް ރަށްރަށުގައި ވަނީ އެ ހިދުމަތް ތައާރަފުކޮށްފަ އެވެ.

ވަޒީފާގެ ބާޒާރަށް ދިވެހިން ނެރެ ބޮޑު "ޖަމްޕެއް ޖަހައިގެން" ކުރިއެރުން ހޯދަން ބޭނުން ނަމަ އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ވަޒީފާ ބޭނުންވާ މީހުންގެ އަތުގައި ހިފައިގެން ގެންގޮސް ޖޮބްސެންޓަރުގައި ރަޖިސްޓްރީކޮށް ވަޒީފާ ލިބޭނެ މަގު ފަހިކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.