މެމްބަރުންގެ ވީއައިޕީ ލައުންޖް ހަރަދު ތިން މިލިއަނަށްވުރެ މަތި، އެންމެ ބޮޑު ހަރަދު އާއިލާ އާއި އެކުވެރިންނަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް.

މިދިޔަ ތިން އަހަރު ތެރޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރި ފަރާތްތަކާއި މިހާރުގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރުމަށް ޖުމްލަ 238،920 ޑޮލަރު ( 3،691،314 ރުފިޔާ) ހޭދަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތެއްކަމުގައިވާ އައިމަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ހޯދި އެ މައުލޫމާތު އޭނާ ވަނީ އާންމުކޮށްފަ އެވެ. އެ މައުލޫމާތުތަކުން ދައްކާ ގޮތުގައި, މިދިޔަ ތިން އަހަރު ތެރޭ މަޖިލިސް މެމްބަރުން ވީއައިޕީ ލައުންޖް ބޭނުންކުރުމުގެ ހަރަދު ތިން މިލިއަނަށްވުރެ މަތީގައި ހުރިއިރު، އެންމެ ގިނައިން ވީއައިޕީ ލައުންޖަށް ހަރަދުކޮށްފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު އަހަރުކަމުގައިވާ 2018 ވަނަ އަހަރު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް މިނިސްޓަރުންނެކޭ އެއްފަދައިން ދައުލަތުގެ ހަރަދުގައި ވީއައިޕީ ލައުންޖް ބޭނުންކުރެވޭނެ އެވެ. މެމްބަރުންގެ އިތުރުން، އެ މެމްބަރެއްގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިންނަށް ވެސް ވީއައިޕީ ލައުންޖް ބޭނުންކުރެވެ އެވެ.

އޭގެ އިތުރުން ކޮއްކޮ، ބޭބެ، މަންމަ އަދި ބައްޕަ ފަދަ އާއިލާގެ އެހެން މެމްބަރުންނާއި ރަހުމަތްތެރިންނަށް ވެސް އެ މެމްބަރުންނާއެކު ވީއައިޕީ ލައުންޖް ބޭނުންކުރެވޭނެ އެވެ. އެ ހުރިހާ ފަރާތްތަކުގެ ހަރަދުތައް ވެސް ދައްކާ ގޮތަށް އޮންނަނީ މަޖިލީހުންނެވެ. މިހާރު ވެސް މަޖިލީހުގެ އެ އުސޫލަށް އަމަލުކުރަމުންދޭތޯ ނުވަތަ ނޫންތޯ މަޖިލީހުން އަދި ސާފުކޮށްދީފައެއް ނުވެ އެވެ.

މަޖިލީހުން އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދު ހުރީ 38،160 ޑޮލަރު ( 589،572 ރުފިޔާ)ގަ އެވެ.

މެމްބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުންނާއި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދުގެ ގޮތުގައި 31،440 ޑޮލަރު ( 485،748 ރުފިޔާ) ވަނީ ހޭދަކޮށްފަ އެވެ.

އެންމެ ބޮޑު ހަރަދެއް އަރާފައިވަނީ އެހެން އާއިލާ މެމްބަރުންނާއި އެކުވެރިންގެ ހަރަދުތަކަށެވެ. އެފަދަ ހަރަދުތަކުގެ ގޮތުގައި ވަނީ 51،480 ޑޮލަރު ( 795،366 ރުފިޔާ ) ހޭދަކޮށްފަ އެވެ.

އެ އަހަރު ވީއައިޕީ ލައުންޖަށް މަޖިލީހުން ކުރި ޖުމްލަ ހަރަދު ހުރީ 121،080 ޑޮލަރު ( 1،870،686 ރުފިޔާ)ގަ އެވެ.

އޭގެ ޖެހިގެން އައި 2019 ވަނަ އަހަރު، 18 ވަނަ އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ވީއައިޕީ ލައުންޖްގެ ބޭނުންކުރި ހަރަދު ހުރީ 33،000 ޑޮލަރު ( 509،850 ރުފިޔާ)ގަ އެވެ.

އާއިލާ މެމްބަރުންގެ ތެރެއިން ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދުގެ ގޮތުގައި ހުރީ 20،520 ޑޮލަރެވެ. މިއީ 317،034 ރުފިޔާ އެވެ.

އެ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް އަރާފައިވަނީ އެހެން އާއިލާ މެމްބަރުންނާއި ރަހުމަތްތެރިންގެ ހަރަދުތަކަށެވެ. އެފަދަ ހަރަދުތަކުގެ ގޮތުގައި ވަނީ 35،580 ޑޮލަރު ( 549،711 ރުފިޔާ ) ވަނީ ހޭދަކޮށްފަ އެވެ.

އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައި ވަނީ 89،100 ޑޮލަރު މަޖިލީހުން ހަރަދުކޮށްފަ އެވެ. އެއީ 1،376،595 ރުފިޔާ އެވެ.

ކޮވިޑާ ހެދި ގިނަ ދުވަސްތަކެއްވަންދެން ދަތުރުފަތުރުކުރުން ހުއްޓިފައި އޮތް 2020 ވަނަ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތައް ވަރަށް ބޮޑުތަނުން މަދުވެފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން 2020 ވަނަ އަހަރު މަޖިލިސް މެމްބަރުން ވީއައިޕީ ލައުންޖްގެ ބޭނުންކުރި ހަރަދު ހުރީ 12،060 ޑޮލަރު ( 186،327 ރުފިޔާ)ގަ އެވެ.

އާއިލާ މެމްބަރުންގެ ތެރެއިން ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދުގެ ގޮތުގައި ހުރީ 7،500 ޑޮލަރެވެ. އެއީ 115،875 ރުފިޔާ އެވެ.

އެހެން އާއިލާ މެމްބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި ވަނީ 9،180 ޑޮލަރު ހޭދަކޮށްފައިވެ އެވެ. އެއީ 141،831 ރުފިޔާ އެވެ. އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައި ވަނީ 28،740 ޑޮލަރު މަޖިލީހުން ހަރަދުކޮށްފަ އެވެ. އެއީ 444،033 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox