Advertisement

ނޮވެމްބަރު 3ގެ ބާގީންގެ ވާހަކަ ދަރިވަރުންނަށް ކިޔައިނުދޭން އަންގާފައި ނުވާނެ

3 ނޮވެންބަރު 2021 - 20:05 4

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ


ނޮވެމްބަރު 3ގެ ބާގީންގެ ވާހަކަ ދަރިވަރުންނަށް ކިޔައިނުދޭން އަންގާފައި ނުވާނެ

3 ނޮވެންބަރު 2021 - 20:05 4

ނޮވެންބަރު 3، އުދުވާނީ ގެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ދިވެހީންނަކީ ބާގީން ކަމަށް ދަރިވަރުންނަށް ކިޔައިނުދޭން އަންގާފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ނޮވެމްބަރު ތިނެއްގެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ދިވެހީންނަކީ ބާގީން ކަމަށް ދަރިވަރުންނަށް ކިޔައިނުދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެޑިޔުކޭޝަނުން ބުނީ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ގައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން އެ މިނިސްޓްރީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ގައި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހާ ގުޅުވައިގެންނެވެ. އެ ހާދިސާއަށް މިއަދު 33 އަހަރު ވަނީ ފުރިފަ އެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 18 ދިވެއްސަކު ޝަހީދުވި އެވެ.