Advertisement

ކޮލިފައިން އިން ފިލާވަޅުނަގައި ކްރިކެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އަމާޒެއް

31 އޮކްޓޯބަރު 2021 - 10:44 0

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް، ގައުމީ ކްރިކެޓް ޓީމަށް ބޭއްވި އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


ކޮލިފައިން އިން ފިލާވަޅުނަގައި ކްރިކެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އަމާޒެއް

31 އޮކްޓޯބަރު 2021 - 10:44 0

ގަތަރުގެ ދޯހާގައި ދާދި ފަހުން ނިމުނު ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރިއިރު، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ލިބުނު ފިލާވަޅުތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ރަނގަޅު ކުރާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ބުނެފި އެވެ.

ނޭޕާލުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޗުތަކެއް ގައުމީ ކްރިކެޓް ޓީމުން ނުކުތީ މި މަހު ކުރިއަށްދިޔަ ކޮލިފައިން މެޗުތަކަށެވެ.

ދޯހާގައި މެޗުތައް ކުޅުނުއިރު، ކޮލިފައިން ފުރަތަަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ. އަމިއްލަ ގައުމުގައި ކުޅުނު ގަތަރުން ދެ ވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ކުރިހޯދީ 98 ލަނޑުންނެވެ. އަދި ބަހްރޭނުން ރާއްޖެ އަތުން ހަތް ވިކެޓުން މޮޅުވިއިރު، ފަހު މެޗުގައި ކުވެއިތު އަތުން ރާއްޖެ ބަލިވީ ފަސް ވިކެޓުންނެވެ.

ކޮލިފައިންގައި ވާދަކުރި މެޗެެއްގެ ކުރިން ގައުމީ ކްރިކެޓް ޓީމު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ސީބީއެމް


ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް ގިނަ ޗެލެންޖްތަކާ އެކު ވެސް ގަތަރުގައި ކުރިއަށްދިޔަ ކޮލިފައިންގައި ކްރިކެޓް ޓީމު ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"ވާދަވެރި ކްރިކެޓް މެޗުތަކެއް ނުކުޅެ 18 މަސް ހޭދަކުރުމަށް ފަހު މެޗުތަކެއް ކުޅުނުއިރު، ޓާފްގައި ކުޅުމުގެ ތަޖުރިބާ ނެތުމަކީ ވެސް ގޮންޖެހުމެއް،" ފައިސަލް ވިދާޅުވި އެވެ.

"މި ހިސާބުން މި ފަހަރުގެ މި މެޗުތައް ނިމުނީ. ދެން އޮތީ އަލުން ފޯކަސްކޮށްގެން މި އަށް ވުރެ ރަނގަޅަށް މަސައްކަތް ފެށުން. އަހަރެމެން މި ތިބީ އިތުރަށް ކުރިއަށްދިއުމުގެ އަމާޒުގައި. ކުޅުންތެރިންނަށް ރަނގަޅު ފެސިލިޓީ އާއި ސަޕޯޓް ދޭން ތައްޔާރު،"

މި ފަހަރުގެ ކޮލިފައިން އަކީ ސީބީއެމް ހިންގުމާ ފައިސަލްގެ ލީޑަޝިޕުން ހަވާލުވި ފަހުން ކުރިމަތިލި ފުރަތަމަ މުބާރާތެވެ. ފައިސަލް ވަނީ ކޮލިފައިންގައި ގައުމީ ކްރިކެޓް ޓީމުގެ ކޯޗިން ސްޓާފުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮލިފައިންގައި ރަނގަޅު ކުޅުމެއް ދެއްކި ގައުމީ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން ފާހަގަކޮށް ފައިސަލް ވަނީ ހިތްވަރު ދީފަ އެވެ. އެ ކުޅުންތެރިންނަކީ އާދަމް ނާސިފް، އަހުމަދު ހަސަން، އިބްރާހިމް ނަޝާތު، ހަސަން އިބްރާހިމް، މުހައްމަދު މަހުފޫޒް އަދި އިބްރާހިމް ރިޒާން އެވެ. އަދި މި ކުޅުންތެރިންގެ އިތުރުން ޖުމްލަކޮށް މުޅި ކްރިކެޓް ޓީމު އެކުވެ، ދެއްކި ޓީމު ރޫހު ފައިސަލް ވަނީ ފާހަގަކޮށްފަ އެވެ.